ބޮލީވުޑް

ރިތިކްގެ "ކާބިލް"ގެ ސެކިއުރިޓީ ވަރަށް ވަރުގަދަ

May 15, 2016
1

ރިތިކް ރޯޝަން އާއި ޔާމީ ގޯތަމީ އެކުގައި ކުޅެމުން އަންނަ ފިލްމު "ކާބިލް" ގެ މަސައްކަތް ފެށުމުގެ ކުރިން މިފިލްމުގެ ސްކްރިޕްޓްސްގެ ރައިޓްސްގެ މައްސަލައިގައި ފިލްމު އުފައްދާ ފަރާތާއި ޓީވީ ތަރި ސުދާންޝޫ ޕާންޑޭއާ ދެމެދު ވަނީ މައްސަލަތަކެއް ޖެހިފަ އެވެ.

މިދިޔަ ހަފްތާގައި މިފިލްމުގެ ޝޫޓިން ފެށިގެން މުމްބައިގެ ވާސޮވާގައި ކުރިއަށް އަންނައިރު، ފިލްމުގެ ސެޓްގެ ސެކުއިރިޓީ ކަންތައްތައް ފިލްމު އުފައްދާ ފަރާތުން ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ގިނަ އަދަދެއްގެ ބޮޑީގާޑުން ހަމަޖައްސައި ސެކިއުރިޓީ ވަރުގަދަކޮށްފައިވަނީ ފިލްމުގެ އެއްވެސް ކަމެއް މީޑިއާ އަށް ލީކުވާން ބޭނުންނުވާތީ އެވެ. މިފިލްމުގެ ސެޓަށް ވެސް ފިލްމު އުފައްދާ ފަރާތުން ކަނޑައަޅާ ނޫން އެހެން ބަޔަކަށް ނުވަދެވޭ އިރު، ފިލްމުގެ ޝޫޓިން ކުރިއަށްދާ ހިސާބަށް ވެސް ކޮންމެ ކޮންމެ ބަޔަކަށް ނާދެވޭ ކަމަށްވެ އެވެ.

ބުނެވޭ ގޮތުގައި ސަންޖޭ އާއި ފިލްމުގެ ޕްރޮޑިއުސަރު ރާކޭޝް ރޯޝަންގެ ބޮލުގައި ސުދާންޝޫ މިފިލްމުގެ ވާހަކަ އޮޅުވާލައިގެން އޭނާ އަތުން ވަގަށް ނެގީ ކަމަށް ބުނަމުން އަންނާތީ ފިލްމުގެ އެއްވެސް ސިއްރެއް ބޭޒާރުވާން ސަންޖޭ އާއި ރާކޭޝް ބޭނުން ނުވަނީ އެވެ.

"ކާބިލް" އަކީ ލޯ އަނދިރި ދެމީހެއްގެ ދެމެދުގައި ހިނގާ ލޯބީގެ ހާދިސާތަކެއް ފެނިގެންދާ ފިލްމެކެވެ.

އަންނަ ޖެނުއަރީގެ 26 ވަނަ ދުވަހު މިފިލްމުގެ ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިފިލްމާއެކު ޝާހްރުކް ޚާންގެ "ރައީސް" ވެސް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.