ހަބަރު

ޗުއްޓީއަށް ޑިއޭގޯ ކޯސްޓާ ރާއްޖެ އަތުވެއްޖެ

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑިއެގޯ ކޮސްޓާ ރާއްޖެ އަތުވެއްޖެ އެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ޑިއެގޯ ކޮސްޓާ ރާއްޖެ އައިސްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާ ހުންނަ ރިސޯޓެއް އެނގިފައެއް ނުވެއެވެ.

ޗެލްސީގެ އެންމެ ވަރުގަދަ އެއް ސްޓްރައިކާ، ކޮސްޓާ ރާއްޖެއައީ މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގު ނޮިންމާލުމަށް ފަހުގައެވެ. ކޮންމެ އަހަރަކުވެސް މައްޝޫރު އެތައް ކުޅުންތެރިންވެސް ސީޒަން ނިންމާލައިފަ ޗުއްޓީއަށް ރާއްޖެ އާދެއެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޖޯން ޓެރީގެ އިތުރުން ވެސް މައްޝޫރު އެތައް ކުޅުންތެރިން ރާއްޖެ އާދެއެވެ.

އުމުރުން 28 އަހަރުގެ ކޮސްޓާއަކީ ސްޕެއިންގެ ވެސް ސްޓްރައިކަރެވެ. އޭނާ ދުނިޔެއަށް މައްޝޫރު ވީ އެޓްލެޓިކޯ މެޑްރިޑްގައި ދެއްކި އާދަޔާހިލާފު މޮޅު ކުޅުމެއްގެ ސަބަބުންނެވެ. ކޮސްޓާ އަކީ ނިކަން ވަރުގަދަ އަދި އެހާމެ ރުޅިގަދަ ކަމަށް ދަނޑުމައްޗަށް މަޝްހޫރުވެފައިވާ ކުޅުންތެރިއެކެވެ.

ނަމަވެސް ކޮސްޓާ ބުނާ ގޮތުން އޭނާ އަކީ އާންމު ދިރިއުޅުމުގައި އެހާ ރުޅިގަދަ އަދި ގަދަފަދަކަން ދައްކާލައިގެން އުޅޭ މީހެއް ވެސް ނޫނެވެ.