ބޮލީވުޑް

"ބޭވޮޗް"ގެ ޝޫޓިން ޕްރިޔަންކާ ނިންމާލައިފި

May 17, 2016

އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" އާއެކު ހޮލީވުޑްގައި ވިދާލި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ، ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ގެ ޝޫޓިން ނިންމާލައިފި އެވެ.

މާޗް މަހުގެ ތެރޭގައި ޕްރިޔަންކާ ޝޫޓްކުރަން ފަށާފައިވާ މިފިލްމުގެ ޝޫޓިން ނިންމާލާފައިވަނީ އިއްޔެ އެވެ. ޕްރިޔަންކާ ވިކްޓޯރިއާ ލީޑްސް ކިޔާ ނުބައިބައި މީހެއްގެ ރޯލު ކުޅެފައިވާ މިފިލްމުގެ ޝޫޓިން ނިމުމުން ވަނީ މިފިލްމަކީ ވަރަށް މަޖާ ތަރިންތަކަކާ އެކު ކުޅެވުނު މަޖާ ފިލްމެއް ކަމަށާއި މިފިލްމު ކާމިޔާބު ކަމާއެކު ނިންމާލެވުނީ މުޅި ފިލްމުގެ ކްރޫގެ އެއްބާރުލުމާއެކު ކަމަށް ބުނެފަ އެވެ. އަދި މިފިލްމުގެ ސަބަބުން އޭނާ އަށް ވަރަށް ގިނަ ބައެއްގެ ލޯބި ލިބިގެން ގޮސްފި ކަމަށްވެސް ބުނެފަ އެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރި ޑްވޭން ޖޯންސަސް ލީޑްރޯލުން ފެނިގެންދާ މި ބީޗްސައިޑް މޫވީގައި އޭނާ ފެނިގެންދާނީ ލައިފް ގާޑް ސްކޮޑްގެ އެންމެ މުހިންމު މީހާގެ ގޮތުގަ އެވެ. އޭނާގެ އިތުރުން ޒެކް އެފްރޮން އާއި އެލްކްސެންޑްރިއާ ޑަޑާރިއޯ އާއި ކެލީ ރޮބަޗްގެ އިތުރުން ޖޯން ބާސް އާއި އެލްފިނޭޝް ހަދޭރާ އެވެ.

މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.