ވިޔަފާރި

ފޯސީޒަން ހިންގާ ކުންފުންޏަށް މިދިޔަ އަހަރު 579 މިލިއަން ޑޮލަރުގެ އާމްދަނީއެއް

  • ކުންފުނިން ރާއްޖޭގައި ފަސް ރިސޯޓެއް ހިންގާ
  • މުޅިއަހަރު 417 މިލިއަން ޑޮލަރުގެ ވިޔަފާރިކުރި
  • ސާފު ފައިދާއަކީ 115 މިލިއަން ޑޮލަރު

ރާއްޖޭގައި ފޯސީޒަން ބްރޭންޑުގެ ރިސޯޓުތައް ހިންގަމުން ގެންދާ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 579 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

ފޯސީޒަން ކުޑަހުރާ އާއި ލަނޑާ ގިރާވަރު އަދި ގިލި ލަންކަންފުއްޓާއި ހޮލިޑޭއިން ކަނޑޫމާ އަދި ސިކް ސެންސަސް ލާމު ހިންގަމުން ގެންދާ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން 471 މިލިއަން ޑޮލަރުގެ ވިޔަފާރިން އާމްދަނީގެ ގޮތުގައި 579 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ.

ރާއްޖޭގެ އިތުރުން މެލޭޝިޔާ އާއި އިންޑޮނޭޝިޔާ، ބޫޓާން އަދި ދެކުނު އެފްރިކާ އާއި ތައިލޭންޑުގައި ރިސޯޓު ހިންގަމުން ގެންދާ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 115 މިލިއަން ޑޮލަރެވެ.

ރާއްޖޭގައި ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ ރިސޯޓުތައް ހިންގަމުންދެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަކީ ރިސޯޓުތަކަށް ކުރާ އިންވެސްޓްމަންޓް އެންމެ އަވަހަށް ކަވަރުވާ އެއް ގައުމެވެ.