ވިޔަފާރި

ރާއްޖޭގެ ރިސޯޓުތަކުން އެޗްޕީއެލްއަށް 196 މިލިއަން ޑޮލަރުގެ އާމްދަނީއެއް!

  • ކުންފުނީގެ އާމްދަނީ 576 މިލިއަން ޑޮލަރުގައި
  • ރާއްޖޭން 196 މިލިއަން ޑޮލަރު
  • ސާފު ފައިދާއަކީ 115 މިލިއަން ޑޮލަރު

ރާއްޖޭގެ ރިސޯޓުތަކުން ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީ ލިމިޓެޑް (އެޗްޕީއެލް) ކުންފުންޏަށް މިދިޔަ އަހަރު 196 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ފޯސީޒަން ކުޑަހުރާ އާއި ލަނޑާ ގިރާވަރު އަދި ގިލި ލަންކަންފުއްޓާއި ހޮލިޑޭއިން ކަނޑޫމާ އަދި ސިކް ސެންސަސް ލާމު ހިންގަމުން ގެންދާ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެޗްޕީއެލް ރިސޯޓްސް މޯލްޑިވްސް ކުންފުންޏަށް ރާއްޖޭގެ ރިސޯޓުތަކުން އާމްދަނީގެ ގޮތުގައި 196 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 199 މިލިއަން ޑޮލަރެވެ.

އެޗްޕީއެލްގެ މާލީ ހިސާބުތައް ދައްކާ ގޮތުން ކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 579 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ރާއްޖޭގެ އިތުރުން މެލޭޝިޔާ އާއި އިންޑޮނޭޝިޔާ، ބޫޓާން އަދި ދެކުނު އެފްރިކާ އާއި ތައިލޭންޑުގައި ރިސޯޓު ހިންގަމުން ގެންދާ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބިފައިވަނީ 115 މިލިއަން ޑޮލަރެވެ.