ބޮލީވުޑް

ބޮލީވުޑް ތަރިންނަށް ރާއްޖެ ކަމުދަނީ ކީއްވެކަން އެނގޭތަ؟

ރާއްޖެަކީ ވަރަށް މަޝްހޫރު ތަނެކެވެ. ނޫނީ އެންމެ މަޝްހޫރު ގައުމެވެ. ފަތުރުވެރިކަން ކުރި އަރައިގެން ގޮސް މިހާރު މިވަނީ އެންމެ އުހުގައި ފިޔަ ޖަހަން ފަށާފަ އެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކަށް އެންމެ މަގުބޫލު ގައުމަށް ރާއްޖެ ވީއިރު އެ ލިސްޓުގައި އެންމެ ކުރީގައި އުޅެނީ ބޮލީވުޑް ތަރިންނެވެ. -- ހޮލީވުޑް ތަރިންވެސް ރާއްޖެ އަންނަ މިންވަރު މަދެއް ނޫނެވެ.

ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތައް މިހާރު މިވަނީ ބޮލީވުޑް ތަރިންގެ ފެވަރިޓަކަށް ވެފަ އެވެ. ހަނީމޫނަށް، ޗުއްޓީ ހަދާލަން، އާ އަހަރު ފާހަގަ ކުރަން ނުވަތަ އުފަން ދުވަސް ފާހަގަ ކުރާށާއި އެނިވާސަރީ ޕާޓީތައް ބާއްވަން އެވެރިންނަށް ރާއްޖެ ވަރެއް ނެތެވެ.

ރާއްޖެ ބޮލީވުޑް ތަރިންގެ ފެވަރިޓެކޭ ބުނެވިދާނެ ނޫން ހެއްޔެވެ؟ ބިޕާޝާ ބަސޫ އާ ކަރަން ހަނީމޫންގެ ދުވަސްތައް ހޭދަކޮށްލީ ރާއްޖޭގަ އެވެ. ޝާހިދު ކަޕޫރާ މީރާ ރާޖްޕުތު ހަނީމޫން ހަދާ ނިންމާލީ ވެސް ހަމަ މި ރީތި ފަސްގަނޑުގަ އެވެ. އަބީޝެކް ބައްޗަން އޭނާގެ 40 ވަނަ އުފަން ދުވަސް ފާހަގަކުރީ ވެސް ރާއްޖޭގަ އެވެ. މިހެން ގޮސް މި ލިސްޓު ކިޔާ ނިމެނޭ ހެނެއް ހިއެއް ނުވެ އެވެ.

ހޮލީވުޑް ތަރިން ކަމަށްވާ ޓޮމް ކްރޫޒް، ކެޓީ ހޯލްމްސް، މާރިއާ ކެރޭ، ނިކް ކެނޮން، އަދި ޖޯޗް ދުހަމެލްގެ ފެވަރިޓް ލިސްޓުގެ ކުރީގައި ވެސް ރާއްޖެ އޮތޯ ހިމެނިފަ އެވެ. އެތަރިން ވަނީ ރާއްޖޭގެ ރީތިކަން ތަޖުރިބާ ކޮށްފަ އެވެ.

މުޅި ދުނިޔެއަށް ފަތުުރުވެރިކަން ފުޅާވެފައިވާއިރު ވެސް ރާއްޖެގެ ނަން ލިސްޓުގެ ކުރިއަށް އަރައިން މިއުޅެނީ އެތައް ސަބަބު ތަކާ ހެދި އެވެ.

ޕްރައިވެސީ

މިއީ މި ތަރިންނަށް އަމިއްލަ ގައުމުން ނިކަން ހޯދަން އުނދަގޫ އެއްޗެކެވެ. ގެއިން ބޭރަށް ނުކުންނައިރު ނޫސްވެރިންނާއި ޕަޕަރާޒީން ތިބެނީ ކެމެރާތައް ހިފައިގެން މުޅި ހިސާބުގަނޑު ފުރާލާފަ އެވެ. ރާއްޖެ އޮންނަ ގޮތުން ރަށްތައް މި އޮންނަނީ ވަކިވަކިންނެވެ. ކޮންމެ ރިސޯޓަކުން ވެސް ބޭނުން ވަރަކަށް ޕްރައިވެސީ ލިބެ އެވެ.

ހަނީމޫން ނުވަތަ ޗުއްޓީ އެންމެ ރޮމޭންޓިކްކޮށް ނިންމާލުމުގެ ފުރުސަތު ލިބެ އެވެ. މީހެއްގެ އުނދަގޫ ކުރިމަތި ނުވެ އެވެ. ރީތި ވިއުތަކާ ގުދުރަތީ ރީތި ކަމުގެ ތެރެއަށް ފީނައިގަންނަން މިފަދަ ދެވަނަ ތަނެއް ނެތެވެ. ބޮލީވުޑް ތަރިންނަށް ރާއްޖެއިން އެންމެ ކަމުދާ ރިސޯޓުތަކުގެ ތެރޭގައި ވެލާ ޕްރައިވެޓް އައިލެންޑް އަދި ރަންދެލި ފާހަގަކޮށްލެވެ އެވެ.

ސާފު ހުދު ދޮންވެލި ގަނޑު

ސާފު ބޯކިރު ފޮދެއް ކަހަލަ ހުދު ވެލިގަނޑަކީ ބޮލީވުޑް ތަރިންގެ ސަމާލުކަން ރާއްޖެއަށް ލިބިގެންދިޔަ އެއް ކަމެވެ. ރޮމޭންޓިކް ހަނީ މޫނެއް ފުރިހަމަ ކޮށްލަން މި ހުދުވެލިގަނޑު ވަރަށް އިސްދައުރެއް އަދާކުރެ އެވެ. ފޮޓޯތަކަށް ބަލައިލުމުން ވެސް އެކަން ވަރަށް ރަނގަޅަށް ސާފުވެގެންދެ އެވެ. މި ސާފު ވެލިގަނޑުން އެންމެ ފުރިހަމަ ގޮތުގައި ހިންހަމަޖެހުން ލިބިގަނެ އެވެ. ރާއްޖޭގެ ރީތިކަން އެންމެ ބޮޑަށް ދައްކުވައިދެނީ ވެސް މި ވެލިގަނޑުންނެވެ.

މޫދު ކުޅިވަރުތަކާއި ސްޕާގެ ހިދުމަތްވެސް އެއް ވަނައިގައި

ރާއްޖެއަކީ މޫދު ކުޅިވަރުތަކުގައި އެފަދަ ދެވަނައެއް ނެތް ތަނެއް ކަމަށް ގިނަ ތަރިން ގަބޫލު ކުރެ އެވެ. ސްކިއުބާ ޑައިވިން އިން ފެށިގެން ސީ ޕްލޭން ދުއްވާލާ ހުރިހާ މޫދު ކުޅިވަރަކަށްވެސް މިވަރެއް ނެތެވެ. އަލަށް މިފަދަ ކުޅިވަރެއްގައި ބައިވެރިވާ މީހުންނަށް ވެސް އިތުބާރު ކުރެވޭ ފެންވަރުގެ މުވައްޒަފުން ރާއްޖޭގައި ތިބި ކަމެވެ. ކަނޑުގެ ގުދުރަތީ ރީތި މަންޒަރުތައް ބަލާލަން މިވަރެއް ނެތެވެ.

މި ތަނުގައި ލަގްޒަރީ ހިދުމަތް ނުލިބޭ ދާއިރާއެއް ނެތެވެ. އެވެސް އެންމެ ފުރިހަމަ ގޮތުގަ އެވެ. ސިކްސް ސެންސެން ލާމު އެޓް އޮޅުވެލި ރިސޯޓާއި ފޯ ސީޒަންސް ކުޑަ ހުރާގެ ސްޕާގެ ހިދުމަތަކީ ބޮލީވުޑް ތަރިންގެ މެދުގައި އެންމެ މަގުބޫލު ސްޕާތަކެވެ. ސްޕާގެ ހިދުމަތް ލިބިގަންނައިރު ފެންނަން ހުންނަ ގުދުރަތީ ރީތި މަންޒަރުތަކަކީ އެ ހިދުމަތްތަކުގެ މަތިން ދުވަހަކުވެސް ހަނދާން ނައްތާލެވޭނެ މަންޒަރުތަކެއް ނޫނެވެ.

ދެވަނަ އެއް ނެތް ކެއުންތައް

ބަނޑުހައިހޫނުކަން ފިލުވާލަން މިއަށްވުރެ ރަނގަޅު ކެއުންތަކެއް ނެތެވެ. ރާއްޖޭގެ ރަށެއްގައި ހުރެގެން އެލިބޭ ތާޒާ މަހަކީ އޭގެ ރަހަ ހިތުން ފިލާނެ ރަހައެއް ނޫނެވެ. ތާޒާމަހުގެ ގަރުދިޔަ އާއި ބަތާ، މިރުހާ، ލުނބޮލާއި ފިޔާ އާ އެކު ކާ ދިވެހި ކެއުމަކީ އެތަރިން ދެވަނަ ފަހަރަށްވެސް ތަޖުރިބާ ކޮށްލަން ބޭނުންވާ ކެއުމެކެވެ. އިންޑިއާ، ލަންކާގެ މީރު ރަހަތައްވެސް އެއްވެސް ތަފާތެއް ނެތި މިތަނުން ލިބުމަކީ މި ރާއްޖެ ބޮލީވުޑް ތަރިންގެ ފެވަރިޓަކަށްވީ ސަބަބެކެވެ.