ރީފްސައިޑް

ރާއްޖެއަށް ހާއްސަ އޭސީއެއް ރީފްސައިޑުން ތައާރަފުކޮށްފި

May 18, 2016

ރާއްޖެއަށް ހާއްސަ ކޮށްގެން އިންޑިއާގެ "ބްލޫ ސްޓާ" އިން އުފެއްދި އެއާކޮންޑިޝަނެއް ރީފްސައިޑުން ރާއްޖޭގެ ބާޒާރަށް ތައާރަފު ކޮށްފި އެވެ.

ރީފްސައިޑުން ހޮޓެލް ޖެންގައި ރަސްމިއްޔާތެއް ބާއްވާ ތައާރަފުކޮށްފައި ވަނީ ބްލޫސްޓާ ޓީ ސީރީޒެވެ. މިއީ ސައިޒް ކުޑަ، ބަލައިލަން ވެސް ރީތި އެއާ ކޮންޑިޝަނެކެވެ.

އަންނަ އޯގަސްޓްގައި ބާޒާރަށް ނެރޭ މި އެއާކޯން ބްލޫސްޓާއިން އުފެއްދުމުގައި ރާއްޖޭގެ މާހައުލަށް ބަލައި ދިރާސާއެއް ހެދި އެވެ. ރީފް ސައިޑުން ބުނީ މި އެއާކޮންޑިޝަނަކީ އޭގެ އައުޓްޑޯ ޔުނިޓް ދަބަރުން ސަލާމާތްކުރެވިފައިވާ ޕްރޮޑަކްޓެއް ކަމަށާއި އެ ޔުނިޓުގެ އަޑު މަޑު ކުރަން ކަވަރެއް ވެސް ލާފައިވާނެ ކަމަށެވެ. އެ ސިފައަކީ ރާއްޖެއަށް ހާއްސަ ސިފަތަކެއް ކަމަށް ވެސް ބުންޏެވެ.

މި ޕްރޮޑަކްޓް ރާއްޖެއާ ތައާރަފުކޮށް ދެއްވީ ބްލޫސްޓާގެ ވައިސް ޕްރެސިޑެންޓް ރަޖެންދްރާ އާއި ރީފްސައިޑުގެ ޗެއާމަން ހަސަން ޒާހިރެވެ.