ސޮނެވާ ފުށި

ސޮނެވާ ޖާނީ ހުޅުވާނީ ރާއްޖޭގެ ފުރަތަމަ ސައިލެންޓް ސިނަމާއެކު!

  • ރިސޯޓު ހުޅުވަނީ އޮކްޓޫބަރު މަހު
  • ލަގްޒީ މާކެޓަށް އާ ކަންތައްތަކެއް ހިމެނޭ
  • ރިސޯޓުގައި 24 މޫދު ކޮޓަރި

ނ. މެދުފަރުގައި ސޮނޭވާ ގްރޫޕުން ހުޅުވާ "ސޮނޭވާ ޖާނީ" ރިސޯޓު ރާއްޖޭގެ ފުރަތަމަ ސައިލެންޓް ސިނަމާ ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިންޑިޔާގެ ބިލިޔަނަރު ސޯނޫ ޝިދްވަސާނީ ރާއްޖޭގައި ތަރައްގީކުރާ "ސޮނޭވާ ޖަނީ" އަކީ މުޅިންއާ ކަންތަކެއް ހިމެނޭ ގޮތަށް ތަރައްގީ ކުރަމުން ގެންދާ ރިސޯޓެކެވެ. މި ރިސޯޓު ސޮފްޓް އޯޕަނިން އޮންނާނީ 1، އޮކްޓޫބަރުގަ އެވެ. އަދި ވަރުގަދަ ރަސްމިއްޔާތަކާއެކު ރަސްމީކޮށް ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު ފަސްވަނަ ދުވަހު އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓް ތަކަށް ސޯނޫ ވިދާޅުވެފައިވާ ގޮތުން 24 މޫދު ކޮޓަރީގެ މި ރިސޯޓުގައި އައުޓްޑޯ ސިނަމާ އާއި ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަަހައްދެއް ވެސް އޮންނާނެ އެވެ. މި ރިސޯޓުގައި ހަދާފައިވާ ސައިލެންޓް ސިނަމާގައި ޓޫރިސްޓުންނަށް ބްލޫޓޫތް ބޭނުންކޮށްގެން ފިލްމު ބަލައި ލެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯނޫ ވިދާޅުވެފައިވާ ގޮތުގައި ކަންތަފައް ޖަހާ މި ބްލޫޓޫތްގެ ސަބަބުން ފިލްމު ބަލާ ވަގުތު އަޑު ގަދަވުން ފަދަ މައްސަލަތަކެއް ދިމަލެއް ނުވާނެ އެވެ.

އޭނާ ވިދާޅުވީ މީގެ 15 އަހަރު ކުރިން ސޮނޭވާ ގިލި ރިސޯޓު ހުޅުވީ ވެސް ލަގްޒަރީ ޓޫރިޒަމަށް މުޅިންއާ ކަންތައްތަކެއް ގެނެސްދެމުން ކަމަށެވެ.

"ވަރަށް ކުދި ކަންތައްތަކެއް ބަދަލުކޮށްލައިގެން ސޮނޭވާ ގިލި ބަދަލު ފެނުނީ،" ސޯނޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ހުޅުވާ ސޮނޭވާ ޖާނީ ރިސޯޓުގައި ފަސް ރެސްޓޯރެންޓެއް ހުންނާނެ ކަމަށާއި، މީގެ ތެރޭގައި ޗީޒްގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓާއި ޗޮކްލެޓް އަދި އައިސް ކްރީމަށް ހާއްސަ ރެސްޓޯރެންޓެއް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.