ބޮލީވުޑް

އެޕަލްގެ ސީއީއޯ ޓިމް ކުކަށް ޝާހްރުކްގެ ހާއްސަ ފަރީއްކޮޅެއް

May 19, 2016

އެޕަލްގެ ސީއީއޯ ޓިމް ކުކް މިހާރު އިންޑިއާއަށް ކުރަމުން އަންނަ ޒިޔާރަތުގެ ދަތުރުގައި، އޭނާ އަށް ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާން ވަނީ ހާއްސަ ފަރީއްކޮޅެއް ބާއްވައިފި އެވެ.

ޝާހްރުކްގެ މަންނަތުގައި ބޭއްވި މިހާއްސަ ފަރީކޮޅުގައި މަޝްހޫރު ގިނަ ތަރިންނެއް ވެސް ވަނީ ބައިވެރިވެފަ އެވެ. ޝާހްރުކް ޓިމް އަށް އޭނާގެ ގޭގައި ރޭ ބޭއްވި މިފަރީއްކޮޅުގައި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން، އަމީތާބް ބައްޗަން އާއި ޖާޔާ ބައްޗަން، އައިޝްވާރިޔާ ރާއީ އާއި އާމިރް ޚާންގެ އިތުރުން މާދުރީ ޑިކްޝިޓް އާއި ޕްރޮޑިއުސަރު ވިންދޫ ވިނޯދް ޗޯޕްޅާ އަދި ޑައިރެކްޓަރު ފަރާ ޚާން އާއި ޓެނިސް ކުޅުންތެރިޔާ ސާނިޔާ މިރްޒާ ބައިވެރިވި އެވެ.

މިއީ ޓިމް އިންޑިއާއަށް ރަސްމީކޮށް ކުރި ފުރަތަމަ ދަތުރެވެ. މި ދަތުރުގައި ބެންގަލޫރުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ޑިޒައިންކޮށް ޑެވެލޮޕްކުރެވޭނެ ގޮތް ވަރަށް އަވަހަށް ގާއިމްވެގެންދާނެ ކަމަށް ބުންޏެވެ.

ޓިމްގެ މިދަތުރުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ވެސް ބައްދަލުކުރާނެ އެވެ.