އެމްޓީޑީސީ

އެމްޓީޑީސީގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ނުބަަހަން ނިންމައިފި

May 19, 2016
7

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޑީޓީސީ) އަށް މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ނުބަަހަން އެ ކުންފުނިން ނިންމައިފި އެވެ.

އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާގައި ޗެއާޕާސަން އިބްތިޝާމާ އާދަމް އިބްތިޝާމާ އާދަމް ވިދާޅުވީ ހިއްސާ ނުބަހަން ކުންފުނީގެ ބޯޑުން ނިންމީ ކުންފުނީގެ މުސްތަގުބަލަށްޓަކައި ކަމަށެވެ.

"ދެހާސް ފަނަރަވަނަ އަހަރު ކުންފުނީގެ ފައިދާވި ކަމަށް ދެއްކި ނަމަވެސް ކުންފުނީގެ ހާލަތައް ބަލާފައި،" އިބްތިޝާމާ ވިދާޅުވި އެވެ.

އެމްޓީޑީސީން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އަންނަ އަހަރު ކުންފުނި އޮޑިޓް ކުރުމަށް ނަގާފައިވަނީ ކޭޕީއެންޖީ އެވެ. އަދި ކުންފުނީގެ ފަސް ހިއްސާދާރުންގެ ގޮތުގައި ހޮވާފައިވަނީ އަލީ މޫސާ އާއި ހަސަން މިރާސް އަދި އަބްދުﷲ ނިޝާންގެ އިތުރުން މުހައްމަދު ފަރުޝަތާއި އަބްދުﷲ އަބްދުއްރަހީމް އެވެ.

ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރާއި ރައްޔިތުން ހިއްސާވެގެން އުފެއްދި ކުންފުނީގެ މިދިޔަ އަހަރުގެ މާލީ އުސްއަލިތަކުގެ ބަލާއިރު މިދިޔަ އަހަރު އެ ކުންފުންޏަށް 93.7 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާއިރު އޭގެ ކުރީ އަހަރު ލިބިފައިވަނީ 13.6 މިލިއަން ރުފިޔާ އެވެ.

އިދާރީ ހަރަދުތައް ކުޑަކުރަން ފެށި މަސައްކަތްތަކާއެކު 2014 ވަނަ އަހަރު 64.5 މިލިއަން ޑޮލަރުގައި ހުރި ހަރަދު މިދިޔަ އަހަރު 25.3 މިލިއަން ޑޮލަރަށް ވަނީ ޖެއްސިފައެވެ. އަދި ކުރީ އަހަރުތަކުގައި ބޮޑު ގެއްލުމެއް ވަމުން ދިޔަ ހެރެތެރެ އާއި އުލިގަމު ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއުގެ މަސައްކަތް 2014 ވަނަ އަހަރު ހުއްޓާލުމުން އޭގެ ރަނގަޅު ނަތީޖާ ވަނީ ފެންނަން ފަށާފަ އެވެ.

އެމްޓީޑީސީއަކީ އާއްމު ހިއްސާދާރުންގެ 53 ޕަސެންޓާއި ސަރުކާރުގެ 47 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. މިއީ އާމްދަނީ ރަނގަޅުވުމަށް ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ކުންފުނި ވެސް މެ އެވެ.