އޭނާގެ ކުރީގެ ލޯބިވެރިޔާ އިރީނާ ޝައިކް ގޭގައި އިންތިޒާރު ކުރަމުންދިޔަ ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އިސްކަންދީފައިވަނީ އައިސްބާތަ¬ށް އެރިފައި ގެއަށްދާން ކަމަށް ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.
ރެއާލް މެޑްރިޑަށް މީގެ ދެ އަހަރު ކުރިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން އެންޗެލޯޓީ މިހެން ބުނެފައިވަނީ ރޮނާލްޑޯ ފުޓްބޯޅަ އަށް އިސްކަންދޭ މިންވަރާއި ފިޓްކޮށް ހުންނަން އޭނާ މަސައްކަަތަށް ތައުރީފް ކުރުމުގެ ގޮތުންނެވެ.
"އޭނާ އަކީ ފައިސާއިން މޯޓިވޭޓްވާ މީހެއްނޫން. އޭނާ އިސްކަންދިނީ އޭނާ އެންމެ ކުރީގައި (ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި) ހުންނަން. އިރީނީ ޝައިކް ގޭގައި އިންތިޒާރު ކުރަމުންދިޔަ ނަމަވެސް އޭނާ ކުލަބުގައި މަޑުކުރޭ (ދަންވަރު) ތިނެއް ޖަހަންދެން ވެސް އެއީ އައިސް ބާތަށް އެރިފައިނޫނީ ގެއަށް ނުދާންވެގެން،" އެންޗެލޯޓީއާ ހަވާލާދީ ސްޕޭނުގެ ނޫސްތަކުން ބުނެފައިވެ އެވެ.
ންޗެލޯޓީ ވަނީ ރެއާލް މެޑްރިޑުގައި ދެ އަހަރު ހޭދަކޮށްފަ އެވެ. އަދި ޗެލްސީގެ ކުރީގެ ކޯޗު ބުނީ ރޮނާލްޑޯ އަކީ ޕްރެެކްޓިހަށް ވަރަށް ފަރުވާތެރި ކުޅުންތެރިއެއް ކަމަށާއި ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ކިބާގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއް އޭނާގެ ކޯޗުކަމުގައި ޕޯޗުގަލްގެ ކެޕްޓަން ދައްކައިދީފައިވާ ކަމަށެވެ.
އަންނަ ސީޒަނުގައި ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުކަމާ ހަވާލުވާ އެންޗެލޯޓީ ބުނީ އޭނާ ކޯޗުކޮށްދޭއިރު ހިފަހައްޓަން ބޭނުންވާ އުސޫލުތައް ހުންނަ ކަމަށާއި ކޮންމެ ޓީމަކަށް ދިޔަ ނަމަވެސް އޭނާގެ އުސޫލުތައް ކުޅުންތެރިން ގަބޫލުކުރަންޖެހޭނެ ކަމަށެވެ.
"އަހަރެންގާތުގައި ކުޅުންތެރިން ވަރުބަލިވެގެން އެއްގަޑިއިރު އިތުރަށް ނިދާލަން ދީފާނަންހޭ އަހައިފިއްޔާ އެކަން ކޮށްދިނުމަކީ (އަހަންނަށް) މައްސަަލައެއްނޫން. އެކަމަކު މެޗުގެ ކުރިން އަހަރެން މީޓީން އެބައޮތޯ ބުނެފިއްޔާ އެންމެން ވެސް އަންނަންޖެހޭނެ ގަޑިއަށް. ޗެލްސީގައި އަހަރުމެންގެ މީޓިން އޮންނާނެ 10:30ގައި. (އެއްދުވަހަކު ޑިޑިއޭ) ޑޮރޮގްބާ ނެތް ގަޑިޖެހުނުއިރު. އަހަންނަކަށް ނޭނގެ އެއީ ޓްރެފިކް ބާރުބޮޑުވެގެން ނޫނީ އެހެން ކަމެއްވެގެން ނާދެވުނީ ކަމެއް. (މިހެންވެ) އޭނާ މެޗުގައި ނުކުޅޭ،" އެންޗެލޯޓީ އޭނާގެ އުސޫލުތައް ތަފްސީލުކޮށްދެމުން ބުންޏެވެ.