މަސްތުވާތަކެތި

މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ. ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.

ކަސްޓަމްސްއިން ބުނީ، ރޭގެ ވަގުތެއްގައި އިންޑިއާއިން އައި ދިވެއްސެއް މަސްތުވާތަކެއްޗާއެކު ހިފަހައްޓާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާ މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ދިރުވާލައިގެންނެވެ. އޭނާގެ ހަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވަނީ އެއާޕޯޓްގައި ތިބި ކަސްޓަމްސް އޮފިސަރުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން އިތުރަށް ސުވާލުކޮށް ބެލުމަށްފަހު އެކްސްރޭނެގުމުން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ، އިއްޔެ އައި ޕަސެންޖަރެއްގެ އަތުން 600 ގްރާމްގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ.