ބާސެލޯނާ

ނައިކުން ބާސެލޯނާއަށް އަހަރަކު 120 މިލިއަން ޕައުންޑް

ނައިކީ ޖާޒީ ބާސެލޯނާ ލެއްވުމަށް ކުރިއަށް އޮތް ސީޒަނުން ފެށިގެން ސީޒަނަކަށް 120 މިލިއަން ޕައުންްޑް ދޭން އެ ކުންފުނިން ނިންމައިފި އެވެ.

މި އެއްބަސްވުމަކީ މިހާތަނަށް މެންޗެސްޓާ ޔުނައިޓެޑަށް ނައިކީއާ އެންމެ ވާދަވެރި އެޑިޑާސް ކުންފުނިން ދީފައިވާ 75 މިލިއަން ޕައުންޑަށްވުރެ މާބޮޑަށް ވެސް އަގުހުރި އެއްބަސްވުމެކެވެ. ބާސެލޯނާއިން ކޮންޓްރެކްޓްގެ ތަފްސީލުތައް ހާމަކުރާނީ އެ ކުލަބުގެ ކުރިއަށް އޮތް ކޮންގްރެސްގަ އެވެ.

ދުނިޔޭގެ އަގު ބޮޑު ތަރިން ކުޅެމުން އަންނަ ބާސެލޯނާގެ ނިސްބަތްވާ ކެޓަލޯނިއާގެ ނޫސްތަކުން ބުނަނީ މި އެއްބަސްވުމާއެކު 2016 ވަނަ އަހަރާ ހަމައަށް އެކުލަބުން ބޭނުން ކުރާނީ ނައިކީ ޖާޒީ ކަމަށެވެ.

"މިހާރުގެ ހިނގަމުންދާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ ޖޫން 30، 2018 ގައި. ބާސެލޯނާ އާއި ނައިކީން ހަދާފައިވާ ކޮންޓްރެކްޓް މި ކުލަބުން މިހާރު މިވަނީ އާކޮށްފައި،" ސްޕޭނުގެ ޗެމްޕިއަން ޓީމުން ނެރުނު ބަޔާނުގައިވެ އެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއޯ މާޓޮމެއު ބުނީ މިއީ ކުލަބަށް ވަރަށް ރަނގަޅު ކޮންޓްރެކްޓެއް ކަމަށާއި މިއީ އުފާފާޅު ކުރަން ރަނގަޅު ވަގުތެއް ކަމަށެވެ.