ހަބަރު

މިއަހަރުގެ މާޓާޓޯ އެވޯޑްސްގައި އިތުރު ފަސް ކެޓެގެރީއެއް

ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ ޓްރެވަލް އެވޯޑުގެ ލޯގޯ އާއި ޓްރޮފީ މިއަދު ލޯންޗުކޮށްފި އެވެ. މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެވޯޑްގެ ލޯގޯ އާ ޓްރޮފީ ލޯންޗުކޮށްދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ހާރިސް އެވެ. އަދި މި ރަސްމިއްޔާތުގައި މި އެވޯޑުގެ ހޮޓެލް ޕާޓްނާއަކަށް ހޮޓެލް ޖެން އާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ފަސް ވަނަ މަޓާޓޯ ޓްރެވެލް އެވޯޑްސްގައި އާ ބެހޭ މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރްސީގެ ސެކެޓްރީ ޖެނެރަލް އިބްރާހިމް މުނާޒް ވިދާޅުވީ މި އެވޯޑް މިއަހަރު ދޭން ނިންމާފައިވަނީ މުޅިން އާ ފަސް ކެޓަގަރީއެއް ހިމަނައިގެން ޖުމްލަ 35 ކެޓަގަރީއަކުން ކަމަށެވެ. އަދި މި އެވޯޑްތަކަކީ ރާއްޖޭގެ ފަތުރުވެރިކަން ހިއްސާކުރާ ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށް ކަނޑައަޅާފައިވާ 35 ދާއިރާއެއް ކަމަށެވެ.

މަޓާޓޯ ޓްރެވެލް އެވޯޑް ދޭން ނިންމާފައިވާ އާ ފަސް ކެޓަގަރީ:
1. ލީޑިން ގެސްޓު ހައުސް އައިލެންޑް
2. ލީޑިން މާކެޓިން ޕްރޮގްރާމް
3. ލީޑީން ހިއުމަން ރައިޓްސް މެނޭޖްމެންޓް
4. ލީޑިން އެފް އެންޑް ބީ އައުޓްލެޓް
5. ލީޑިން އެއާޕޯޓު ހޮޓެލް ލޯންޖް އެވެ.

މަޓާޓޯ ޓްރެވެލް އެވޯޑްސް 2016 ބާއްވަން ނިންމާފައިވަނީ ރާއްޖޭގެ ރިސޯޓެއްގަ އެވެ. މި އެވޯޑާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މަޓާޓޯގެ ރައީސް އަބްދުالله ގިޔާސް ރިޔާޒް ވިދާޅުވީ މި ފަހަރުގެ އެވޯޑް ބާއްވަން ނިންމާފައިވަނީ ވީކެންޑް ޓްރީޓެއް ގޮތަށް ކަމަށެވެ. މި އެވޯޑް މިއަހަރު ބާއްވަން ކުރިން ނިންމާފައިވަނީ ލަންޑަނުގަ އެވެ.