އިތުރު ވަގުތުގައި ސެވިއްޔާ 2-0އިން ބަލިކޮށް ސްޕެނިޝް ކަޕް ބާސެލޯނާ ކާމިޔާބުކޮށްފި އެވެ.
މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމު 0-0އިން އެއްވަރުވުމުން ނަތީޖާ ނެރެން ކުޅުނު ދެ ހާފުގައި ބާސެލޯނާގެ ލަނޑުތައް ޖަހައިދިނީ ޖޯޑީ އަލްބާ އާއި ނޭމާ ސަންޓޯސް އެވެ. މި ދެ ގޯލު ވެސް ލަޔޮނަލް މެސީ ހުސްކޮށްފައި ދިން ބޯޅަތަކުންނެވެ.
މެޗަށް ފަހު ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ބުނީ ޗެމްޕިއަންސް ލީގުން ބާސެލޯނާ ބަލިވި ނަމަވެސް ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ލިބުމުން މިއީ ކާމިޔާބު ސީޒަނެއް ކަމަށެވެ.
ތިން ރަތްކާޑު ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ރަތްކާޑު ދެއްކީ ބާސެލޯނާގެ ހާވިއާ މަޝެރާނޯ އަށެވެ. މެޗުގެ 36 ވަނަ މިނިޓްގައި އޭނާ އަށް ދެއްކި ރަތްކާޑާއެކު ސެވިއްޔާގެ ބެނެގާ އަށް ރަތްކާޑު ދެއްކީ 90 ވަނަ މިނިޓްގަ އެވެ. އަދި 120 މިނިޓްގައި ކަރިސޯ މާޓިން ވެސް ރަތްކާޑަކާއެކު ކުޅުމާ ވަކިވާން ޖެހުނެވެ. އަނިޔާގެ ސަބަބުން މެޗުގެ ވަކި ހިސާބަކުން ކުޅުވާ ވަކިވާން ޖެހުމުން ލުއިސް ސުއަރޭޒަށް ވަނީ މި ސީޒަނުގައި 60 ގޯލު ޖަހަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.
މިއީ ބާސެލޯނާއިން ޖެހިޖެހިގެން ސްޕެނިޝް ކަޕާއި ސްޕެނިޝް ލީގު ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. އަދި އަންނަ ސިޒަނަށް ޓީމު ތައްޔާރުވައިރު ކޯޗު ލުއިސް އެންރީކޭ ވަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަސައްކަތް ފަށާފަ އެވެ.