އެމްޓީސީސީ

އެމްޓީސީސީގެ އޭޖީއެމް މިރޭ ހޮޓަލް ޖެންގައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އެނުއަލް ޖެނަރަލް މީޓިން (އޭޖީއެމް) މިރޭ ހޮޓަލް ޖެންގައި ބާއްވަން ނިންމައިފި އެވެ. މިދިޔަ އަހަރު ރިކޯޑް އަދަދަކަށް ފައިދާ ލިބިފައިވާ އެމްޓީސީސީގެ އަހަރީ އާމު ޖަލްސާ މިރޭ ބާއްވަން ނިންމައިފަވާ އިރު އެކުންފުނިން ބުނީ ހިއްސާ ދާރުންގެ ރެޖިސްޓްރީ ކަންތައްތައް ނިންމަން މިރޭ 8:00 ޖަހާއިރު ޖެން އަށް ދާންޖެހޭނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި އެމްޓީސީސީގެ 2015 ވަނަ އަހަރުގެ ބެލެންސް ޝީޓާއި ފައިދާއާއި ގެއްލުމުގެ ހިސާބާއި ޑިރެކްޓަރުންގެ ރިޕޯޓު ހުށަހަޅައި ފާސް ކުރުން އޮންނާނެ އެވެ. ހިއްސާދާރުންނަށް ބަހާނެ ފައިދާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާއި މެދު ގޮތެއް ނިންމުން އޮންނާނެ ކަމަށް އެކުންފުނިން ބުންޏެވެ. ބޯޑަށް ހުށަހަޅާފައި ވަނީ 50ރ. ގެ ހިއްސާއަކަށް 22ރ. ގެ ފައިދާ ބެހުމަށެވެ.

އެމްޓީސީސީ އިން ބުނީ އެކުންފުނީގެ އަހަރީ ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ ބުދަދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުން ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް ކަމަށެވެ.