ވިޔަފާރި

"ހޯމް އެކްސްޕްރެސް"ގެ ނަމުގައި އީވޯގެ އާ ފިހާރައެއް އައްޑޫގައި ހުޅުވައިފި

"ހޯމް އެކްސްޕްރެސް" ގެ ނަމުގައި އީވޯގެ އާ ފަރުނީޗަރު ފިހާރައެއް އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ހުޅުވައިފި އެވެ. މި ފިހާރަ ހުންނާނީ އައްޑޫ ސިޓީގެ ލިންކު ރޯޑުގަ އެވެ.

މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ އައްޑޫސިޓީގެ މޭޔަރު އަބުދުﷲ ސޯދިގު އެވެ.

އީވޯ އިން ބުނީ މި ފިހާރައިގައި ވިއްކަން ހުންނަ ފަރުނީޗަރުތަކަކީ ޔޫރަޕްގެ ޓޮޕް ބްރޭންޑްތަކުގެ ފަރުނީޗަރު ކަމަށެވެ. އޭގެ ތެރޭގައި ސިޝްމަލް އަދި އެކްސްޕްރެސް މޮބެލްގެ ގެ ފަރުނީޗަރު ހިމެނެ އެވެ. މި ފިހާރައިން އިސްލާމިކް ބޭންކު، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އީޒީ ޕޭ މެދުވެރިކޮށް ވިޔަފާރި ކުރެވޭނެ އެވެ. އަދި ދިރާގުގެ ހާއްސަ ކަސްޓަމަރުންނަށް ދޭ އެލީޓް ކާޑު ބޭނުން ކުރާ ފަރާތްތަކަށް ޑިސްކައުންޓުތަކެއްވެސް ލިބޭނެ ކަމަށް އީވޯ އިން ބުނެ އެވެ.

ރޯދަ މަހާ ދިމާކޮށް މި ޝޯ ރޫމް ހުޅުވުމަށްފަހު އީވޯ އިން ވަނީ ހާއްސަ ރޯދަ ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ. މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ކަސްޓަމަރުންނަށް ވަނީ އަގުހުރި އިނާމުތަކެއް ކަނޑައަޅާފަ އެވެ.

- އެއް ވަނަ އިނާމް. - 15،000 ރުފިޔާގެ އަގުހުރި ފްރިޖެއް
- ދެ ވަނަ އިނާމް. - 10،000 ރުފިޔާގެ އަގުހުރި 39 އިންޗި ޓީވީ އެއް
- ތިން ވަނަ އިނާމް. - 5،000 ރުފިޔާގެ އަގުހުރި މައިކްރޯވޭވް

އީވޯ ހޯމް އެކްސްޕްރެސް އިން ގެއަށް ބޭނުންވާ ހުރިހާ ފަރުނީޗަރަކާއި އެހެންނިހެން ސާމާނު ލިބެން ހުންނާނެ އެވެ. ރޯދަ މަހަށް ހާއްސަކޮށް އީވޯއިން ވަނީ ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ފަށާފަ އެވެ.