ޖޭއެސްސީ

ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރަށް ޝުޖާއު

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރަކަށް ޝުޖާއު އުސްމާން ހަމަޖައްސަވައިފި އެވެ. ފަނޑިޔާރު ޝުޖާއު ދެކުނު ގޮތްޕަށް ބަދަލުކޮށްފައިމިވަނީ ކުރި އެ ގޮފީގެ ފަނޑިޔާރަކަށް ހަމަޖެއްސެވި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ގާރާރެއްގައި ބުނެފައިވަނީ، ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ކަމަށް ފަނޑިޔާރު ސުޖާއު އައްޔަންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަމަށެވެ.

ފަނޑިޔާރު ސުޖާއު އުސްމާނު ދެކުނު ގޮއްޕަށް ބަދަލުކޮށްފައިވާއިރު، އެ ގޮފީގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ވަނީ ދެކުނު ގޮއްޕަށް ބަދަލުކުރެއްވުމުން ހިންހަމަޖެހުން ފާޅުކޮށްލ، އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް އަޒްމިރަލްދާ އައްޔަން ކުރެއްވީ 2011 ވަނަ އަހަރު އެވެ. ދެކުނު ބްރާންޗުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މި އަހަރު އެވެ.