ހަބަރު

ސިފައިން؛ އަމިއްލަޔަށް ކިނބޫ ހިފަން ނޫޅޭ، ނުރައްކާކަމެއް!

އިރުވައި މޫސުމުގެ ހަޅަޔާ އެކު ރާއްޖޭގެ އެކި ސަރަހައްދުތަކުން ކިނބޫ ފެނުން އާންމު ވެއްޖެ އެވެ. ލޮނު ފެނުގައި ދިރިއުޅޭ ޒާތުގެ ކިނބޫތައް ބެހިގެން ރާއްޖެ ސަރަހައްދަށް އަންނަނީ ލަންކާ ނޫނީ އިންޑިއާގެ ސަރަހައްދުތަކުން ކަމަށް ބެލެވޭ އިރު، މިއަދުވެސް ޅ. ކުރެންދު އާއި ށ. ކަނބާލި ފަރު އަދި ހދ. ނޮޅިވަރަމް ކައިރިން މި ވަނީ ކިނބޫފެނިފަ އެވެ.

މިހާތަނަށް ކިނބޫ ފެނުނު ސަރަހައްދުތައް ސިފައިންގެ ޓީމްތަކުން މޮނީޓަ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިނބުލެއް ފެނުނަސް އޭތި އަދި ހިފަން ނޫޅެ، ސީދާ ސިފައިންނަށް ރިޕޯޓް ކުރުން މުހިންމީ. ބައެއް ފަހަރަށް އެބަހުރި އޭތި ހިފަން މަސައްކަތް ކުރަނިކޮށް ފިލައިގެން ދިޔައިމާ ސިފައިންނަށް ގުޅާފައި. އެ ހިސާބުން ދެން އަނެއްކާ އެ އެއްޗެއް ހޯދުން މި ވަނީ ވަރަށް އުނދަގޫ ކަމަކަށް،" އަދުނާން ވިދާޅުވި އެވެ.

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހަތް ސަރަހައްދަކުން ކިނބޫ ވަނީ ފެނިފަ އެވެ.

އަދުނާން ވިދާޅުވި ގޮތުގައި އެހެން ފެންނަ ކިނބޫ ހޯދުމަށް ދަތިތަކެއް އުޅެނީ އެންމެ ފުރަތަމަ އެކަން ސިފައިންނަށް ނާނގާތީ އެވެ. އެކަން އެންމެ ފުރަތަމަ ރިޕޯޓް ކުރަނީ ފުލުހުންނަށް ކަމަށް ވުމުން ސިފައިންނަށް އެތަނަކަށް އެޓެންޑް ކުރެވޭ އިރު ހުންނަނީ ތަންކޮޅެއް ލަސްވެފައި ކަމަށް ވެސް އަދުނާން ވިދާޅުވި އެވެ. ކިނބޫ ފަދަ ނުރައްކާތެރި ޖަނަވާރުތައް ހިފުމުގައި ހާއްސަ ކަންކަމާއި ރައްކާތެރި ކަމަށް ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ސީދާ ސިފައިންނަށް އެކަން އެންގުން ވަރަށް މުހިންމު. ކިނބޫ އެގޮތަށް ދޫވުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫން،" އަދުނާން ވިދާޅުވި އެވެ.

މިފަހަރު ކިނބޫ ފެނުނު ސަރަހައްދުތަކަކީ:

ސިފައިން ވަނީ އެ ސަރަހައްދު ތަކުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ކިނބުލާ މެދު ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އެގޮތުން މޫދަށް އެރިއުޅޭ އިރު ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.