ބޮލީވުޑް

ރިތޭޝް ހަމަ އަސްލަށް ވެސް ވައްކަން ކުރީތަ؟

May 25, 2016
1

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތޭޝް ދޭޝްމުކް ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ މަހުގެ 3 ވަނަ ދުވަހު ރިލީޒްކުރާ "ހައުސްފުލް" ސިލްސިލާގެ ތިންވަނަ ފިލްމު "ހައުސްފުލް 3" އިންނެވެ.

ކޮމެޑީ ފިލްމުތައް ކުޅެން މަޝްހޫރު ރިތޭޝް މިފިލްމުގައި ފެނިގެންދާނީ އަކްޝޭ ކުމާރު، އަބީޝެކް ބައްޗަން އާއި ޖެކުއަލީން ފާނެންޑޭޒް އާއި ލިސާ ހޭޑަން އަދި ނަރްޖިސް ފަކްރީ އާއެކު އެވެ.

މިފިލްމުގެ ޕްރޮމޯޝަން ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާއިރު ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ ރިތޭޝް އަންނައުނު ވިއްކާ ފިހާރައަކުން ވައްކަންކުރާ ތަން ފެންނަ ވީޑިއޯއެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ސޯޝަން މީޑިއާގައި ދައުރުވަމުން އަންނަ މިވީޑިއޯ އަކީ އެދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ރިތޭޝް އަންނައުނު ވިއްކާ ފިހާރައެއްގައި ހެދުންތަކެއް ބަލަން ހުރެފައި އޭނާ އަށް ކަމުދާ ހެދުންތަކެއް ފޮރުވައިގެން ސިއްރުން ނަގައިގެން ވަރަށް ސިއްރުން ފިހާރައިން ނިކުންނަތަނެވެ.

މިވިޑީއޯ އިންޓަނެޓުގައި ދައުރުވާން ފެށުމާއެކު ޓްވީޓާގައި ގިނަބަޔަކު ވަނީ މިވީޑިއޯ ޝެއާކުރަމުން މިފަދަ ކަމެއް ރިތޭޝް ހަމަޔަގީނުންވެސް ކުރީތޯ އާއި މިއީ ހަގީގަތެއް ނަމަ ވަރަށް ދެރަކަމެއް ކަމަށް ބުނެފަ އެވެ. އަދި މިއީ ވަރަށް ބޮޑު ޝޮކެއް ކަމަށާއި ވީޑިއޯއިން ފެންނަނީ ރިތިކް ތޯ ނޫނީ އޭނާއާ ވައްތަރު މީހެއް ތޯ ވެސް ލިޔެ، މިވީޑިއޯ އާންމުވުމުން އެކަމާ ވަރަށް އަންތިރީސްވެއްޖެ ކަމަށް ބުނެފަ އެވެ.

ބެލެވޭ ގޮތުގައި މިއީ "ހައުސްފުލް 3" ޕްރޮމޯޓްކުރުމަށް ޖެއްސި އުކުޅެކެވެ. މީގެކުރިން ވެސް ބޮލީވުޑްގެ ތަރިން ވަނީ އެމީހުންގެ ފިލްމުތައް ޕްރޮމޯޓްކުރުމަށް މިފަދަ ސްޓަންޓްތައް ޖައްސައި އުޅެ އެވެ.

އެގޮތުން ރިތޭޝްގެ އަންހެނުން ޖެނެލިއާ ޑިސޫޒާ އާއި ޝާހިދު ކަޕޫރު އެކުގައި ކުޅުނު "ޗާންސް ޕެ ޑާންސް" ޕްރޮމޯޓްކުރުމަށް ވަނީ އެއްރޭ އެއްކޮށް ކާރެއްގައި ޝާހިދުއާ އެކު ހޭދަކޮށްފަ އެވެ. އަދި އާމިރް ޚާން ވެސް ވަނީ އޭނާގެ ފިލްމެއް ޕްރޮމޯޓްކުރަން މުޅި އިންޑިއާގެ އެކި ސްޓޭޓްތަކުގައި ދަތުރުކޮށް އޭނާ ދަތުރުކުރަމުން ދަނިކޮށް ހޯދުމަށް ފޭނުންނާއި ޗެލެންޖްކޮށްފަ އެވެ.

މީގެއިތުރުން ވިދްޔާ ބާލަން ވެސް ވަނީ އޭނާގެ ފިލްމު "ބޮބީ ޖާސޫސް" ޕްރޮމޯޓްކުރުމަށް ސިފަ ބަދަލުކޮށްގެން މަގުމަތީގައި ސަލާން ޖަހާ މީހެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.

މިހާރު ރިތޭޝްގެ ފޭނުން އިންތިޒާރުކުރަމުން ދަނީ މިކަމާ ގުޅިގެން އޭނާ ބުނާނެ ކީކޭތޯ ބެލުމަށެވެ.