ރާއްޖެ ކުޅިވަރު

ނިއުއިން ރިލޭ ސަސްޕެންޑްކޮށްފި

ނިއުރޭޑިއަންޓުން ރިލްވާން ވަހީދު (ކަކާރިލޭ) މުއްދަތެއްނެތްގޮތަށް ސަސްޕެންޑްކޮށްފި އެވެ.

ނިއުއިން އޭނާ ސަސްޕެންޑްކުރީ ކުލަބުގެ ޕްރެކްޓިހަށް ނުދިއުމާއި އެހެން ކުޅުންތެރިން ޕްރެކްޓިހަށް ދިއުމަށް ހުރަސް އެޅުމާއި ކުލަބުގެ އަގުވެއްޓޭގޮތަށް ސޯޝަލް މީޑިޔާ އާއި އެނޫންތަންތަނުގައި ވާހަކަ ދައްކާތީ ކަމަށް އެކުލަބުން ނެރުނު ބަޔާނުގައިވެ އެވެ.

ނިއުއިން އޭނާ ސަސްޕެންޑްކޮށްފައިމިވަނީ ދާދި ފަހުން މުސާރަ ނުދޭތީވެ އެކުލަބުގެ ގިނަ ކުޅުންތެރިންތަކެއް ޕްރެކްޓިހަށް ނުކުތުން ހުއްޓާލާފައިވަނިކޮށެވެ. ނަމަވެސް މިކަމުގައި ރިލޭގެ އަތެއްވާކަމެއް ނިއުއިން ނުބުނެ އެވެ.
ރިލޭ ނިއުއާ ގުޅުނީ މީގެ ތިން އަހަރު ކުރިންނެވެ. އަހުލާގީ ބައެއް މައްސަލަތަކާހުރެ އޭނާ އަކީ ފަހަކަށް އައިސް ގައުމީ ޓީމުން ޖާގަ ނުދޭ ކުޅުންތެރިއެކެވެ.