ބޮލީވުޑް

ކަރަން ކުރިން ކައިވެނި ކޮށްފައި ހުއްޓަސް ބިޕާޝާއަށް ހެޔޮ

May 26, 2016

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރު ކައިވެނިކުރިތާ އަދި މަހެއް ވެސް ނުވެ އެވެ.

ކައިވެނި ކޮށްގެން ހަނީމޫން ރާއްޖޭގައި މި ދެތަރިން ހޭދަކޮށްފައިވާއިރު، ކައިވެނިކުރަން ތައްޔާރުވި ހިސާބުން ފެށިގެން މިދެތަރިން ވަނީ އެކަކު އަނެކަކު ދެކެވާ ލޯބި ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.

މިއީ ކަރަންގެ ތިން ވަނަ ކައިވެނި ނަމަވެސް ބިޕާޝާގެ އަލަތު ކައިވެންޏެވެ. ކައިވެނިކުރި ފަހުން ފުރަތަމަ ފަހަރަށް ނޫހަކަށް މި ދެ ތަރިން ދިން އިންޓަވިއުއެއްގައި ބިޕާޝާ ވަނީ ކައިވެނުކުރި ފަހުން ދިރިއުޅުމަށް އައި ބަދަލުތަކާއި ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އަދި މީގެކުރިން ކަރަން ދެ ކައިވެނިކޮށްފައި ވިޔަސް އެކަމަކީ އޭނާއަށް އެއްވެސް މައްސަލައެއް ނޫންކަމަށާއި އޭނާއަކީ ކަރަންގެ ތިންވަނަ އަނބިމީހާގެ ގޮތުގައި އޭނާ ލޭބަލް ކުރިޔަސް ފަރުވާލެއް ނެތް ކަމަށް ބިޕާޝާ ވަނީ ބުނެފަ އެވެ.

ބިޕާޝާ ވަނީ އޭނާ ކައިވެނިކުރުމުގެ ކުރިން ކަރަންގެ ކުރީގެ ކައިވެނިތަކާ ބެހޭގޮތުން ވާހަކަދެއްކި ކަމަށާއި ކޮންމެ މީހެއްގެ ހަޔާތުގައި ތަފާތު ކަންތައްތަކާއި ކުރިމަތިވާނެ ކަމަށެވެ.، މީގެއިތުރުން ބިޕާޝާ ވަނީ އޭނާއާ ކަރަން ކަރަން ކައިވެނިކުރަން އުޅުމުން ބައެއް މީހުން ވަނީ އެކައިވެނި މާގިނަ ދުވަހަކު ދެމިނޯވެ ވަރިވާނެ ކަމަށް ވެސް ބުނެފައިވާ ކަމަށް ބުނެފަ އެވެ.

"އެހެން މީހެއްގެ ދިރިއުޅުމުގައިވާ ކަންތައްތައް އިނގެން އެމީހެއްގެ ހާލަތު އިނގުން މުހިންމު. އަހަރެން ގަބޫލުކުރަނީ އަހަންނަކީ ވަރަށް ނަސީބު ގަދަ މީހެއްގެ ގޮތުގައި. މިހާތަނަށް އެއްވެސް ފިރިހެނަކު އަހަންނަށް ކަރަން ދީފައިވާ ގޮތަށް ލޯތްބާއި އިހްތިރާމްކޮށްފައި ނުވޭ" ބިޕާޝާ ބުނެފައިވެ އެވެ.

ބިޕާޝާ އާއި ކައިވެނިކުރުމުން ވަރަށް އުފާވާކަމަށް ބުނަމުން ކަރަން ވަނީ އޭނާ ބިޕާޝާ ކުރެން ކައިވެންޏަށް އެދިފައިވަނީ އާއަހަރު ފާހަގަކުރުމަށް ތައިލޭންޑަށް ކުރި ޗުއްޓީގެ ތެރެއިން ކަމަށް ބުނެފަ އެވެ.

ބިޕާޝާ އާއި ކަރަން ދިމާވެފައިވަނީ މިދިޔަ އަހަރު ނިކުތް، ދެ މީހުން އެކުގައި ކުޅުނު "އެލޯން" ކިޔާ ފިލްމުގެ ސެޓުންނެވެ. އޭގެފަހުން މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް އަރާފައިވާއިރު، ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ އެކުގައި ޗުއްޓީ ހޭދަކޮށްފަ އެވެ.