ފިނޭންސް މިނިސްޓްރީ

ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ރާއްޖެ ގެނެސްފި

May 26, 2016
1

އަންނަ ރޯދަ މަހު ބަހަން ސައުދީ އަރަބިއްޔާ އިން ހަދިޔާކުރި 50 ޓަނުގެ ކަދުރު ރާއްޖެ ގެނެސްފި އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޯދަ މަހު ދިވެހި އާއިލާތަކަށް ބަހަން ސައޫދީ އަރަބިއްޔާއިން ފޮނުވި 50 ޓަނުގެ ކަދުރު މާލެ ބަނދަރަށް އައިސްފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރަނީ ކަދުރު ޝިޕްމެންޓް ބޭލުމުގެ މަސައްކަތް ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ ކަދުރު ޝިޕްމަންޓް ދިވެހި ސަރުކާރާ ހަވާލު ކުރަން އަންނަ ހަފުތާގައި ރަސްމިއްޔާތެއް ވެސް ބާއްވާނެ ކަމަށެވެ.

ސައޫދީ އަރަބިއްޔާއިން ކޮންމެ އަހަރަކުވެސް 50 ޓަނުގެ ކަދުރު ހަދިޔާ ކުރެ އެވެ. މިދިޔަ އަހަރު ހަދިޔާކުރި ކަދުރުގެ އަގަކީ ގާތްގަނޑަކަށް 70،000 އެމެރިކާ ޑޮލަރެވެ. ސައޫދީ އަރަބިއްޔާއިން ރާއްޖޭގެ އިތުރު އިސްލާމީ އެހެން ގައުމުތަކަށް ވެސް ރޯދަމަހާ ދިމާކޮށް ކަދުރު ހަދިޔާ ކުރެ އެވެ.