ކާނާ

މިއަދު ކުކުޅެއް ނޫން، ތަފާތު ގޮތަކަށް މަސް ތެލުލަން ހިނގާ!

ދުވަސްތައް އެނބުރެމުން ފުރުޅެމުން ދައުރުވަމުންގޮސް މިއަދު މިއޮތީ އަނެއްކާ ހުކުރު ދުވަސް އައިސްފަ އެވެ. ހުކުރާއި ކުކުޅެވެ. މިއަދު ކުކުޅު ބަހައްޓާފައި މަހުގައި އެެއްޗެއް ހަދާލަން ހިނގާށެވެ. މަސް ތެލުލަން ކިހިނެއްވާނެ ހެއްޔެވެ؟ ތަފާތު ގޮތަކަށެވެ. މިއީ ވަރަށް ފަސޭހަ ކަމެކެވެ. މިކަމަށް ހޭދަވާނީ 30 ވަރަކަށް މިނެޓެވެ.

ފަސޭހައިން ތައްޔާރުކޮށްލެވޭނެ

މިގޮތަށް މަސް ތެލުލަން ފުދޭ ވަރަކަށް ގިނަ އެއްޗެހި ބޭނުންވެ އެވެ. އެކަމަކު މިތަކެއްޗަކީ އާންމުކޮށް ގޭގައި ބޭނުންކުރާ އެއްޗިއްސެވެ. ތިރީގައި މި އޮތީ މީރުކޮށް އަދި ތަފާތު ގޮތަކަށް މަސްތެލުލަން ބޭނުން ކުރާނެ އެއްޗިހީގެ ލިސްޓެކެވެ.

  • ތެޔޮ
  • މަސް
  • ލޮނާއި އަސޭމިރުސް (ރަހަ ލާ ވަރަށް)
  • 1/2 ޖޯޑު ފުށް
  • ދެ ބިސް
  • ދެ މޭޒުަތީ ސަމްސާ އައިސް ފެން
  • ދެ ޖޯޑު ފާރޮށި ކުނޑި
  • 1/2 ސައިސަމްސާ މަސްޓާޑް ޕައުޑާ
  • ލުނބޯ
  • މާލްޓް ވިނީގާ

އަވަހަށް ބަދިގެއަށް

މީގެ އެންމެ މީރު ރަހަ އަންނާނީ ތައްޔާރު ކުރާތާ ހަތަރު ވަރަކަށް ފަސް ވަރަކަށް މިނެޓު ހުއްޓާ ކެއުމުންނެވެ. ހޫނުކޮށް ތާޒާކަންމަތީ ހުއްޓަ އެވެ. އެންމެ ފުރަތަމަ މަސްކޮޅު ކޮށާލާށެވެ. އެއަށްފަހު އެއަށް ލޮނާއި އަސޭމިރުސް ބުރުވާލާށެވެ. އެއަށްފަހު ފުށާއި ބިސް އަދި ފެން ފޮދު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެންމެ ފުރަތަމަ މަސްކޮޅު މީގެ ތެރެއަށް ލާ ރަނގަޅަށް ފުށާ އެއްކޮށްލުމަށްފަހު ޕާން ކުނޑި ކޮޅުގެ ތެރެއަށް ލާ އެއްކޮށްލާށެވެ. ދެން ތެޔޮ ފޮދު ހޫނުކޮށްލުމަށްފަހު ރަނގަޅަށް ތެލުލާށެވެ. އޭރަށް މިތައްޔާރުވީ ވަރަށް ރަހަމީރު ތެލުލި މަހެކެވެ.