ބޭރު ކުޅިވަރު

އެތްލެޓިކޯ އަތުން ބަލިވެއްޖެނަމަ އެއީ ބޮޑު ނާކާމިޔާބެއް: ބޭލް

ޗެމްޕިއަންސް ލީގު ފައިނަލްގައި މިރޭ ވާދަވެރި އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެއްޖެނަމަ އެއީ ވަރަށް ބޮޑު ނާކާމިޔާބީއެއް ކަމަށް ރެއާލް މެޑްރިޑުގެ ގެރެތް ބޭލް ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން މި މުބާރާތުގެ ފައިނަލްގައި އެތްލެޓިކޯ ބަލިކުރި ރެއާލް ޓީމުގައި ވެސް ކުޅުނު ބޭލް ބުނީ ރެއާލް މެޑްރިޑަށް ތަށި ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ތަރިން ގިނަ ރެއާލް މި މެޗަށް ނުކުނައިރު އެތްލެޓިކޯ އޮތީ ކުރީ ފަހަރު ފައިނަލްގައި އެންމެ ފަހު ވަގުތު ބަލިވުމުގެ ބަދަލކު ހިފަން ތައްޔާރަށެވެ.

ފައިނަލް މެޗު މި ފަހަރު ކުޅެނީ އިޓަލީގެ މިލާނުގެ މަޝްހޫރު ސެންސީރޯ ސްޓޭޑިއަމުގަ އެވެ. ބޭލް އަކީ 2010 ވަނަ އަހަރު މި ދަނޑުގައި އިންޓަމިލާން ކޮޅަށް ހެޓްރިކް ހެދި ކުޅުންތެރިއެކެވެ. އެއީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޓޮޓެންހަމަަށް ކުޅުނުއިރު އެވެ.

"މި ދަނޑުގެ ހިސްޓްރީ އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. އަދި އަހަރެން މި ދަނޑުގައި ރަނގަޅު ތަޖުރިބާތަކެއް ކުރިން. އަހަންނަކަށް ނޭނގެ ރެއާލް މެޑްރިޑަށް މި ދަނޑުގައި ކުރިމަތިވެފައިހުރި ކަންތައްތަކެއް. އަދި އެއީ މިވަގުތަށް އެނގެން އެހޭ މުހިންމު ކަމެއްވެސްނޫން. ވާންހުރި ކޮންމެ ކަމެއްވާނެ،" ބޭލް ބުންޏެވެ.