ސަންސިޔާމް ޢިރުފުށި

އިރުފުއްޓަށް ޓްރިޕް އެޑްވައިޒާ އެކްސެލެންޓް އެވޯޑް ލިބިއްޖެ

May 28, 2016

ސަން ސިޔާމް އިރުފުށި މޯލްޑިވްސް އަށް "ޓްރިޕް އެޑްވައިޒާ ސެޓްފިކެޓް އޮފް އެކްސެލެންޓް އެވޯޑް 2016" ލިބިއްޖެ އެވެ.

"އެމްވީ ހޮޓެލްސް" ގައި ވާ ގޮތުން ޓްރިޕް އެޑްވައިޒާ އިން ދޭ ސެޓްފިކެޓް އޮފް އެކްސެލެންޓް އެވޯޑު ސަން ސިޔާމް އިރުފުށި ރިސޯޓަށް ދީފައިވަނީ ޓޫރިސްޓުންނަށް ދޭ ފުރިހަމަ މެހުމާނުދާރީ އާއި އެ ރިސޯޓުގެ ފުރިހަމަ ހިދުމަތްތަކަށް ބެލުމަށްފަހު އެވެ.

ޗުއްޓީ ހޭދަ ކުރުމަށް ދަތުރުކުރާ އެތައް މިލިއަން ބަޔަކު ބުކިން ހެއްދުމަށް ބޭނުންވާ "ޓްރިޕް އެޑްވައިޒާ" ގެ މި އެވޯޑު ލިބުމާ ގުޅިގެން ސަން ސިޔާމް އިރުފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ތަމްހީދު ވިދާޅުވީ ޓްރިޕް އެޑްވައިޒާގެ މިފަދަ ވަނައެއް އެ ރިސޯޓަށް ލިބުނު މިއީ ދެވަނަ ފަހަރު ކަމަށާ މިއީ ރިސޯޓަށް ލިބިގެން ދިޔަ މުހިންމު ކުރިއެރުމެއް ކަމަށެވެ.

ސަން ސިޔާމް އިރުފުށި ރިސޯޓަކީ ނ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓުގައި 221 ލަގްޒަރީ އޯޝަން ވިލާ އާއި 70 ވޯޓާ ބަންގަލޯ ހުރެ އެވެ.

ޓްރިޕް އެޑްވައިޒާގެ ރަންވަނަތަކެއް މީގެ ކުރިން ވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކަށް ލިބިފައިވެ އެވެ.