މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މަސްތުވާ ތަކެތީގެ މައްސަލައެއްގައި ގދ. ތިނަދޫން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ކަމަށެވެ. އެވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ބުންޏެވެ.
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ހައްޔަރުކޮށް، އެ ވަގުތު އޭނާ ހުންނެވި ސަރަޙައްދު ބަލައި ފާސްކުރިއިރު އޭނާ ހުންނެވި ދިމާ ބިންމަތިން، މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާއިރު ފުލުހުން ގެންދަނީ އޭނާގެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.