ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯގައި މޫދު ހޮލިޑޭސް އިން ކޮންމެ ދުވަހު 2،000 ޑޮލަރުގެ ޕެކޭޖެއް

May 29, 2016
  • މޫދު ހޮލިޑޭސްއަކީ ފެއާގެ ގޯލްޑް ޕާޓްނަރު
  • ކޮންމެ ދުވަހު އެއް މީހަކަށް ޕެކޭޖެއް
  • ފެއާގައި ގިނަ ޕެކޭޖުތަކެއް، އަގު ހެޔޮކޮށް ލިބޭނެ

އޮގަސްޓް މަހު މާލޭގައި ބާއްވާ "ވެކޭޝަންސް އެކްސްޕޯ 2016" ފެއާ ގައި މޫދު ހޮލިޑޭސް އިން ވެކޭޝަންސް އިން ކޮންމެ ދުވަހު 2،000 ޑޮލަރު (ގާތްގަނޑަކަށް 30،840ރ.)ގެ ޕެކޭޖެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ޓްރެވަލް ފެއާގެ "ގޯލްޑް" ޕާޓްނަރަކަށް މޫދު ހޮލިޑޭސް މޯލްޑިވްސް ހަމަޖެހުމާ ގުޅިގެން "އަވަސް" އަށް ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލީ ވިދާޅުވީ ވެކޭޝަންސް އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންނަށް އެ ކުންފުނިން ގިނަ ޕެކޭޖުތަކެއް ފަރުމާކޮށްފައިވާ ކަމަށެވެ.

"އެންމެ ފާހަގަ ކުރެވޭނީ ކޮންމެ ދުވަހު ގުރުއަތެއް ނަގައިގެން 2،000 ޑޮލަރު ޕެކޭޖެއް ލިބޭނެ. މީގެ އިތުރުން ވެސް ވަރަށް ގިނަ ޕެކޭޖުތަކެއް ރާއްޖެ އާއި ރާއްޖޭން ބޭރަށް ދާ މީހުންނަށް ހާއްސަކޮށް ދިނުމަށް ހަމަޖެހިފައިވޭ،" އަލީ ވިދާޅުވި އެވެ.

"ވެކޭޝަންސް އެކްސްޕޯ 2016" ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 4-6 އަށް ނޭޝަނަލް އާޓް ގެލެރީގަ އެވެ. މި ފެއާ އިންތިޒާމު ކުރަނީ ހައިރައިސް އިންނެވެ.

އަލީ ވިދާޅުވީ މޫދު ހޮލިޑޭސްއަކީ ރާއްޖެ އާއި ރާއްޖޭން ބޭރަށް ދާ މީހުންނަށް ހާއްސަކޮށްގެން އަގު ހެޔޮ ގިނަ ޕެކޭޖުތަކެއް ވިއްކަމުންދާ ކުންފުންޏެއް ކަމަށެވެ.

ވެކޭޝަންސް އެކްސްޕޯގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިނެވެ. މީގެ އިތުރުން އެންޑޯސް ބައިވެރިންގެ ގޮތުގައި ހިމެނެނީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި ލޭމް އާއި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އެވެ. އަދި މި އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ:

  • އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
  • އެސޯސިއޭޓް ޕާޓްނަރު ކެޗް ހޮޓެލްސް
  • ޓީވީ ޕާޓްނަރު ޕީއެސްއެމް
  • އޮންލައިން ނިއުސް ޕާޓްނަރު މީޑިޔާ އަވަސް
  • އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
  • ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
  • ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
  • ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
  • ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ