ރާއްޖެ ކުޅިވަރު

ކުލަބުތަކުގެ ރުހުމާ އެކު ޓޮމް އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވެއްޖެ

May 31, 2016
1

އެފްއޭއެމުގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެނޑިޑޭޓް އަހުމަދު ތޯރިގް (ޓޮމް) އަށް ކުލަބުތަކުން މިއަދު ރުހުންދީފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި އެފްއޭއެމުގެ އިންތިހާބީ ކޮންގްރެސްގައި އެ އިދާރާގެ ނާއިބް ރައީސުންނަސް ހޮވާފައިވަނީ ކުރީގެ ގައުމީ ފޯވަޑް އަދި އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އަލީ އުމަރާއި ކުރީގެ ގައުމީ ކެޕްޓަން މުހައްމަދު ކަލީމެވެ.

އެކްސްކޯގައި ދެން ހިމެނެނީ ނިއު ރޭޑިއަންޓްގެ ދެ ބޯޑު މެމްބަރުން ކަމަށްވާ އަހުމަދު ޒަރީރާއި އައިޝަތު ނާޒީމާ އެވެ. މީގެ ތެރެއިން ކުރީގެ މަޝްހޫރު ވޮލީކުޅުންތެރިޔާ ނާޒިމާ އަކީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އަންހެނުންނެވެ.

އެކްސްކޯގައި ދެން ހިމެނެނީ ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބާއި ކުލަބު އީގަލްސްގެ ޗެއާމަން އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޓީސީގެ މެނޭޖަރު އަހުމަދު އީސާ އާއި ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބުދުލްގަނީ އެވެ.