ފީފާ

ރާއްޖެ ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު ފީފާއިން ދީފި

81.8%
0%
18.2%

ތިން ވަނަ ފަރާތަކުން، ރާއްޖޭގެ ފުޓްބޯޅަ އިދާރާ އެފްއޭއެމް އަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ފީފާއިން ދީފި އެވެ.

ފީފާއިން ރާއްޖެއަށް އެގޮތަށް އިންޒާރު ދިނީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެފްއޭއެމް އާ ބެހޭގޮތުން މައްސަލައެއް ހުށަހަޅައި ބަހުސްކޮށް ކޮމިޓީ މަރުހަލާ އަށް ފޮނުވާފައި ވަނިކޮށެވެ.

އެފްއޭއެމްގެ ރައީސްކަން ކުރިން ކުރެއްވި، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު މަޖިލީހަށް ހުށަހެޅި މައްސަލަ އާ ގުޅިގެން އެފްއޭއެމުން ވަނީ އެކަން ފީފާގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އެފްއޭއެމުން ފޮނުވި ސިޓީގެ ޖަވާބުގައި ފީފާއިން ބުނެފައި ވަނީ، ފީފާގެ އަސާސީ ގަވާއިދުގައި ވާގޮތަށް ނުފޫޒެއް ނެތި މިނިވަން ކަމާއެކު އެފްއޭއެމް ހިންގުމުގެ ފުރުސަތު އޮޮންނަންވާނެ ކަމަށެވެ. އަދި އެކަމަށް ހުރަސް އެޅޭގޮތަށް ތިން ވަނަ ފަރާތަކުން އެފްއޭއެމްއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ، ފީފާގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ރާއްޖެއަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ކައިރި ކަމަށް ފީފާއިން ވަނީ އަންގާފަ އެވެ.

މާދަމާ ބާއްވަން ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް، އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިވަން ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ފީފާއިން އުންމީދު ކުރާކަމަށް، ފީފާ މެންބަރު އެސޯސިއޭޝަންގެ ޗީފް އޮފިސާ، ވެރޯން މޮސެންގޯ އޮމްބާ ސޮއިކޮށް އެފްއޭއެމް އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ. އަދި މާދަމާ ބާއްވާ ކޮންގްރެސް އަށް އެއްވެސް ފަރާތެއްގެ ނުފޫޒު އަންނަނަމަ އެކަން ވީއެންމެ އަވަހަށް ފީފާގެ ސަމާލުކަމަށް ގެނައުމަށްވެސް ފީފާއިން ވަނީ އަންގާފަ އެވެ.

ކޮންގްރެސް އަށް އިތުރު ނުފޫޒެއް މެދުވެރި ވެއްޖެނަމަ ފީފާއިން އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވަނީ އަންގާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙުސޭން

އެއަށްވުރެ ކުރިން ރާއްޖެއިން ފީފާ ސަސްޕެންޑް ކޮއްލަބަލަ! ކޮންފީފާ އެއްތަ؟ އަހަރުމެން މީ ތިއުޅޭ ކޮމަންވެލްތް ވެސް ސަސްޕެންޑް ކުރިމީހުން. އަހަރުމެން ބިރެއް ނުގަންނާނެ!

ކަލޯ

ދެން މަޖިލިސް ތެރޭގަ ރާކަނި މަސްކައި

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910