ދިވެހި ސިނަމާ

އަހަރުގެ ފިލްމަކަށް "ވިޝްކާ" ވެދާނެތަ؟

"ވިޝްކާ" ގެ މަންޒަރެއްގައި ޑައިރެކްޓަރު އަދި އެކްޓަރު ރަވީ ފާރޫގް.
0%
0%
0%

ފެންނަ މަންޒަރުތަކަށް ބަލާއިރު، ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެކަމަކު ފިލްމެއް ނުނިކުންނަނީސް އެއަށް އަދި ގޮތެއް ނުނިންމަމާ ހިނގާށެވެ. ގޮތެއް ނުކިޔަމާ ހިނގާށެވެ.

އެކަމަކު އަހަރެމެންގެ އަތަށް ދޫކޮށްލާފައި މިވާ ޓީޒާއަކުން ފެންނަ މަންޒަރުތަކަކަށް ގޮތެއް ކިޔުމަކީ އަދި މުޅިއަކުން ގޯސްކަމެއް ވެސް ނޫނެއް ނޫން ހެއްޔެވެ؟ ރަވީ ފާރޫގް ޑައިރެކްޓްކޮށް ރަވީ އާއި އައިޝަތު ރިޝްމީ އަދި އަހުމަދު ސައީދު ލީޑް ރޯލުތައް ކުޅެފައިވާ ޔާރާ ޕްރޮޑަކްޝަންގެ ސަޕްރައިޒް ފިލްމު "ވިޝްކާ" ގެ ޓީޒާ އެ ވަނީ އިއްޔެ އިފްތިތާހުކޮށް އާންމުންގެ ހިޔާލަށް ދޫކޮށްލެވިފަ އެވެ.

ނިކަން ކުރުކޮށް މި ވާހަކައެއް ދައްކައި ނިންމާލަމާ ހިނގާށެވެ. "ވިޝްކާ" ގެ 43 ސިކުންތުގެ ޓީޒާ އަކީ މި އަހަރު ނުކުތް ހުރިހާ ދިވެހި ފިލްމެއް އެއްކޮށްލިޔަސް ހިތެއް ނުތެޅޭނެ ވަރަކަށް ހިތް ތެޅުވި 43 ސިކުންތެވެ.

ފީކަޅާ އުފެއްދުންތަކުން ނަން ހަޑިވެފައި އޮތް ޔާރާ ޕްރޮޑަކްޝަނަށް ފަހަރުގައި މިއީ ހެޔޮފާލަކަށް ވެދާނެ އެވެ. މި އަހަރުގެ އޯގަސްޓް މަހު މި ފިލްމު ބެލުންތެރިންނާ ހަމަ އަށް އަންނާނެ އެވެ. މިއީ އެއްގޮތަކަށް ވެސް ޔާރާ ޕްރޮޑަކްޝަންގެ ކުރީގެ ރަހަ އާއި ކުލަ އޭގައި ޖެހިފައިވާ ފިލްމެއްހެނެއް ހީއެއް ނުވެ އެވެ.

މި ފިލްމަކަށް އިންތިޒާރުކުރަން ޖެހޭ އެއް ސަބަބަކީ އެއީ އެވެ. "ހުކުރުވިލޭރޭ" އާއި "ފަނާ" ފަދަ ދިވެހި ފިލްމުތަކަށް އިރުއޮއްސެމުން ދިއުމަކީ ހަގީގަތުގައި ވެސް ދިވެހި ސިނަމާގެ ބެލުންތެރިން އުފާކުރަން ޖެހޭ ކަމެކެވެ. ވަކިން ހާއްސަކޮށް ރިޝްމީ ފަދަ ހުނަރުވެރި ބަތަލާއަކު ޔާރާ ޕްރޮޑަކްޝަންގެ މުސްކުޅި އޮއިވަރެއްގައި ޖެހި ބެހިގެން ނުދަނީސް ސަލާމަތްވީތީ ވެސް އުފާކުރަން ޖެހެ އެވެ.

ރިޝްމީ އެންމެފަހުން ފެނިގެންދިޔަ ފިލްމު "މިކޮއެ ބައްޕަ ބައެބައެ" އަކީ ވެސް ނިކަން އާދަޔާހިލާފު މަސައްކަތެކެވެ.

އެހެންވީމަ ހުރިހާ ވެސް ޝުކުރެއް ރަވީ އަކަށް ނޫން ހެއްޔެވެ؟

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރަވީ

ރަވީތަ؟؟؟ ތަފާތު ވާނެ ޔަގީން

ހާމާނު

ނަދީމު ތައުރީފް ކުރުމުގެ ކުރިން ބަލައްޗޭ މީ ކޮޕީއެއްތޯ. އަޑުއެހިން މީ މަހުދީގެ އަމިއްލަ ސްކްރީންޕްލޭއެއް ނޫންކަމަށް.

ސަހާމު

މިފިލްމް ބަލާލަން ކެތް މަދުވެއްޖެއެވެ. ކުރިއަށް ހުރި ސީންތަކުގައި ހިނގާފާނެކަމަށް ފާހަގަކުރެވޭ އާދަޔާ ހިލާފް މަންޒަރުތައް ދެކެލުމަށެވެ. އުންމީދުކުރަން މިފަހަރު ޔާރާ ޕްރޮޑަކްޝަންގެ މި އުފެއްދުމުން މޮލީވުޑް އަށް އިތުރު ކުރިއެރުން ތަކެއް ފެނިގެންދާނެކަމަށް...!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345