ބޮލީވުޑް

ރިތޭޝް އާއި ޖެނީލިއާ އަށް ދެވަނައަށް ވެސް ލިބުނީ ފިރިހެން ކުއްޖެއް

Jun 1, 2016
3

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ރިތޭޝް ދޭޝްމުކް އާއި ޖެނީލިއާ ޑިސޫޒާ އަށް ދެވަނަ ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

ޖެނީލިއާ ދެވަނަ ދަރިފުޅު މިއަދު ވިހާފައިވާކަން ރިތޭޝް ވަނީ ޓްވިޓާ މެދުވެރިކޮށް އިއުލާންކޮށްފަ އެވެ.

ފުރަތަމަ ދަރިފުޅު ރިއާންގެ ފޮޓޯއަކާ އެކު ރިތޭޝް ކުރި ޓްވީޓްގައި ވަނީ ރިއާން އަށް ކޮއްކޮ އެއް ލިބިފައިވާ ކަމަށާއި އެހެންކަމުން އޭނާގެ ހުރިހާ ކުޅޭ އެއްޗެއް ކޮއްކޮ އަށް ދީފައިވާ ކަމަށް ލިޔެފަ އެވެ.

މިދެތަރިންނަށް ދެވަނަ ފިރިހެން ދަރިފުޅު ލިބުމާއެކު ބޮލީވުޑްގެ ގިނަ ފަންނާނުންނެއް އަންނަނީ މިދެތަރިންނަށް މަރުހަބާ ކިޔަމުންނެވެ. އޭގެތެރޭގައި ޑައިރެކްޓަރު ކަރަން ޖޯހަރު، ފަރާ ޚާން އާއި ލާރާ ދައްތާ އާއި އަބީޝެކް ބައްޗަން އަދި ބޮމަން އިރާނީ ފަދަ ތަރިން ހިމެނެ އެވެ.

ރިތޭޝް އާއި ޖެނީލިއާގެ ފުރަތަމަ ދަރިފުޅަށް އަދި އަހަރެއްވީ އިރު، މިދެތަރިން ލޯބީގެ ގޮތުން ގުޅިފައިވަނީ ދެހާސް ތިން ވަނަ އަހަރު ނިކުތް ފިލްމު ""ތުޖޭ މޭރީ ކަސަމް" ކުޅުނު ދުވަސްވަރު އެވެ. އަދި ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރު އެވެ.

މިދެތަރިން އެންމެފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ 2012 ވަނަ އަހަރު ނިކުތް "ތެރެ ނާލް ލަވް ހޯގަޔާ" އިންނެވެ.

މިހަފްތާ އަކީ ހުރިހާ ގޮތަކުން ވެސް ރިތޭޝް އަށް އުފާވެރި ހަފްތާ އެކެވެ. ދެވަނަ ދަރިފުޅު މިއަދު ލިބުނު އިރު، މިހަފްތާ ބަންދުގައި އޭނާގެ ފިލްމު "ހައުސްފުލް 3" ރިލީޒްކުރާނެ އެވެ. އަދި ދެން އެންމެ އަވަހަށް ރިލީޒްކުރާ ފިލްމު "ބާންޖޯ" އަށް ލިބެމުން އަންނަ ތަރުހީބެވެ.