އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޔަމަން މިހާރު ގަލޮޅު ދަނޑުގައި ކުޅެމުން އަންނަ މެޗުގައި، ރާއްޖެ ޓީމުގެ ފަހަތް ބަލަހައްޓަމުން ދިޔަ މުހައްމަދު ރަޝީދު (ހޮކޭ) އަށް ސީރިއަސް އަނިޔާއެއް ލިބި، އިމަޖެންސީގައި ދެންމެ ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
ދަނޑުގައި އޮތް އެމްބިއުލާންސެއްގައި ހޮކޭ ހޮސްޕިޓަލަށް ގެންދިޔައީ ފަޔަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުން ދަނިކޮށް ނޭވާލުމަށް އުނދަގޫތަކެއްވެގެންނެވެ.