ބޮލީވުޑް

ޝިލްޕާ އާއި ފިރިމީހާ ރާޖް ވަރިވާކަށް ނޫޅޭ

Jun 3, 2016

މިއަހަރުގެ މިހާތަނަށް ބޮލީވުޑްގެ ގިނަ ޖޯޑުތަކެއް ވަކިވެފައިވާއިރު، އިތުރު ޖޯޑެއް ވަރިވާން އުޅޭކަމުގެ ވާހަތަކެއް ވަނީ އިއްޔެ އިވިގެން ގޮސްފަ އެވެ.

ބަތަލާ ޝިލްޕާ ޝެޓީ އާއި ފިރިމީހާ ރާޖް ކުންދްރާގެ ދެމެދުގައި މައްސަލަތަކެއް ޖެހި، ވަރިފަށަށް އަރާފައިވާ ކަމަށާއި މިދެމީހުންގެ ދެމެމުގައި މައްސަލަތަކެއް ޖެހި ރާޖް މިހާރު ވަނީ އެމީހުންގެ ގެއިން ނިކުމެ ނިދަނީ ވެސް އޭނާގެ އޮފީހުގައި ކަމަށް ނޫސްތަކުގައިވެ އެވެ.

މިހަބަރުތައް ފެތުރެން ފެށުމާއެކު ރާޖް ވަނީ އޭނާއާ ޝިލްޕާ ވަރިވާން އުޅޭކަމަށް ދެކެވެމުން އަންނަ ވާހަކަތައް ދޮގުކޮށްފަ އެވެ. މިވާހަކަތަށް ދޮގުކުރަމުން ރާޖް ކުރި ޓްވީޓެއްގައި ވަނީ މިވާހަކަތައް ގަބޫލުކުރަން ވެސް ދަތިކަމަށާއި މިވީ ގޮތުން މިހާރަށް ވުރެން ގިނަވަގުތު ގޭގައި ހޭދަކުރަން ޖެހުނީ ކަމަށް ލިޔެފަ އެވެ.

އަމިއްލަ ވިޔަފާރިތައް ހިންގަމުން އަންނަ ރާޖް، 40 އާއި ޝިލްޕާ ކައިވެނިކޮށްފައިވަނީ 2009 ވަނަ އަހަރު އެވެ. ހަތް އަހަރުގެ ކައިވެންޏަށް ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެސް ވަނީ ލިބިފަ އެވެ.

ޝިލްޕާ އާއި ރާޖްގެ ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމުގެ އަޑުއަރާފައިވާއިރު، މިދިޔަ ހަފްތާގައި މިދެމީހުން ވަނީ އެމީހުންގެ ފިރިހެން ދަރިފުޅު ވިއާންގެ ހަތަރު ވަނަ އުފަންދުވަސް ވެސް ފާހަގަކޮށްފަ އެވެ. ވިއާންގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީގެ ތެރެއިން، އެތިން މީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ލަމުން ޝިލްޕާ ވަނީ އޭނާގެ އާއިލާ އަކީ މުޅިން އޭނާގެ ހައްގެއް ކަމަށް ލިޔެފަ އެވެ.

މިދެމީހުން ވަރިވާން އުޅޭކަމުގެ ހަބަރުތައް ފެތުރެން ފެށިއިރުވެސް ރާޖް އައީ މިމަހުގެ 8 ވަނަ ދުވަހަކީ ޝިލްޕާގެ އުފަންދުވަސް ކަމުން އޭނާ އަށް ދޭނެ ސަޕްރައިޒަތައް ރާވަމުންނެވެ.