ބޮލީވުޑް

ސޮނާކްޝީ ދެން ފެންނާނީ ނޫސްވެރިއެއްގެ ގޮތުގައި

Jun 3, 2016

ބަތަލާ ސޮނާކްޝީ ސިންހާ ނޫސްވެރިއެއްގެ ރޯލުން ފެނިގެންްދާ "ނޫރް" ގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ އެވެ.

މިފިލްމަކީ ޕާކިސްތާނުގެ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ސަބާ އިމްތިއާޒް 2014 ވަނަ އަހަރު ލިޔެފައިވާ ކޮމެޑީ ތްރިލާ ވާހަކަ، "ކަރާޗީ، ޔޫއާ ކިލިން މީ" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. މިވާހަކައަކީ ޕާކިސްތާނުގައި ދިރިއުޅެމުން އަންނަ 20 އަހަރުގެ އައިޝާ ޚާން ކިޔާ ނޫސްވެރިއެއްގެ ހަޔާތުގައި ދިމާވާ ހާދިސާތަކާއި ރަނގަޅު ލޯބިވެރިޔަކު ހޯދުމަށް އޭނާ ކުރާ މަސައްކަތެވެ.

"ނޫރް" ގެ ޓީޒާ:

ސުނިލް ސިއްޕީ ޑައިރެކްޓްކުރާ މިފިލްމުގައި ނޫރުގެ ރޯލު ލިބުމުން ސޮނާކްޝީ ވަނީ އެކަމާ އުފާކުރާ ކަމަށް ބުނެފަ އެވެ. ސޮނާކްޝީ މިފިލްމުގައި ފެނިގެންދާނެ ތަފާތު ދެގޮތެއްގެ އާންމުކޮށްފައިވަނީ އޭނާގެ އުފަންދުވަހާ ދިމާކޮށް އިއްޔެ އެވެ. މީގެއިތުރުންވެސް ސޮނާކްޝީ ވަނީ މިފިލްމުގެ ޓީޒާއެއް ވެސް އާންމުކޮށްފަ އެވެ.

މުމްބައިގައި ޝޫޓްކުުރުމަށް ހަމަޖެހިފައިވާ މިފިލްމާ ބެހޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ސުނިލް ވަނީ ސޮނާކްޝީ މިފިލްމުގައި ކުޅޭ ނޫރްގެ ރޯލަކީ އަމިއްލަ ހަޔާތުގައި އަންހެން ކުދިންނަށް ދިމާވާ އެކި އެކި ކަންތައްތައް ކުރާ ތަހަންމަލުތައް ފެނިގެންދާނެ ފިލްމެއް ކަމަށް ބުނެފަ އެވެ.

ސޮނާކްޝީ އެންމެފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް "ތަލްވާރް" އިންނެވެ. މިއަހަރު އޭނާގެ ދެފިލްމެއް ރިލީޒްްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ "އަކީރާ" އާއި "ފޯސް 2" އެވެ.