ހަބަރު

ޑްރަގް ކޯޓުން ފަރުވާ އަށް ހުކުމް ކޮށްފައިވާ މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި

Feb 10, 2015

މަސްތުވާތަކެތިން ސަލާމަތް ވުމަށް ފަރުވާގެ ޕްރޮގްރާމްގައި ބައިވެރި ކުރަން ޑްރަގް ކޯޓުން ހުކުމެއް އޮތް މީހަކު މަސްރުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 24 އަހަރުގެ މި މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު ހުޅުމާލެ އިން ކަމަށެވެ. މީނާ ފާސްކުރި އިރު ޖިންސު ތެރެއިން ބަނގުރާ ފުޅިއެއް ފެނިފައިވާ ވާއިރު މަސްތުވާތަކެތި އަޅާފައި ހުރި ހަތް ސެލޯފިންކޮޅު ޖީބުން ފެނިފައިވެ އެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާ އަކީ މީގެ ކުރިން 17 ފަހަރު ހުއްޓުވާ ސުވާލުކޮށް އަށް ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަތަރު ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށެވެ. މީނާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީނާ އަކީ ފަރުވާ ހޯދުމަށް މި މަހު 19 ވަނަ ދުވަހު ކަމާބެހޭ އިދާރާއަށް ހާޒިރު ވުމަށް މި މަހުގެ ފަސް ވަނަ ދުވަހު ޑްރަގް ކޯޓުން ހުކުމް ކޮށްފައިވާ މީހެކެވެ.