ހަބަރު

އިތުރު މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

Jun 3, 2016
3

މާލޭގައި މިރޭ އިތުރު މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ. ފުލުހުން ބުނީ މިފަހަރު މާރާމާރީ ހިންގާފައިވަނީ މާފަންނު ކޮޅުގައި ހުރި ގެއެއްގެ ތެރޭގައި ކަމަށެވެ. އެ މީހާޔަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. އެ މަރާމާރީގެ މާ ބޮޑު ތަފްސީލެއް އަދި ނޭނގެ އެވެ.

މިއަދު އިރުއޮއްސުނު ވަގުތު މާފަންނުކޮޅުގައި ހިނގި މާރާމާރީއެއްގައި ޒަހަމްވި 14 އަހަރުގެ ކުއްޖާ ފަރުވާދެނިކޮށް ވަނީ މަރުވެފަ އެވެ. އެ މާރާމާރީއާ މިފަހަރުގެ މާރާމާރީއާ ގުޅުން އޮތް ކަމެއް އަދި ނޭނގެ އެވެ.