ހަބަރު

ސިޔާސީ މުވައްޒަފުން އަތުން ވެސް ގަޑީ ލާރި ކަނޑަން ފަށަނީ

Feb 10, 2015
1

ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުން ގަޑިޖެހިގެން އޮފީހަށް ހާޒިރުވާ ނަމަ މުސާރައިން ގަޑީ ލާރި ކަނޑަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަތުން ވެސް ގަޑީ ލާރި ކަނޑަން ފަށާނީ މި މަހުގެ 16 އިން ފެށިގެން ކަމަށެވެ.

މި ބަދަލާ އެކު މިހާރު ވަނީ 2012 ވަނަ އަހަރުުގެ ޖުލައި 1 ގައި އަމަލުކުރަން ފެށި "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަށް ވެސް އިސްލާހު ގެނެސްފަ އެވެ.