ހަބަރު

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ބަންދަށް 15 ދުވަސް ޖަހައިފި

Feb 10, 2015
1

ކޯޓް އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ބަންދަށް ކްރިމިނިލް ކޯޓުން 15 ދުވަސް ޖަހައިދފި އެވެ.

ރޭ މެންދަމު 2:00 ޖެހި އިރު ނާޒިމް ހައްޔަރު ކުރީ ދައުލަތާ އިދިކޮޅު އަމަލެއް ހިންގުމުގެ ތުހުމަތުގައެވެ.

ގާތްގަނޑަކަށް ތިންގަޑި އިރަށްފަހު މިއަދު ބަންދުގެ މުއްދަތުގެ މަޖިލިސް ނިންމާލުމަށްފަހު ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މިއަދުގެ މަޖިލީހުގައި ކަންކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު މިރޭ 9:00 ޖަހާއިރު ނޫސްވެރިންނަށް ދެއްވާނެ ކަމަށާއި ނާޒިމަށް ކުރަނީ ނާޒިމާއި އިތުރު ބަޔަކު ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުމުގެ ތުހުމަތު ކަމަށެވެ.

ނާޒިމް ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ތުހުމަތު ކުރި ހަނގުރާމަރިވެރި ހަތިޔާރު ގެންގުޅުއްވި ކަމަށް ބުނާ މައްސަލައިގައި ތަހުގީގު ނިންމުމަށްފަހު އިއްޔެ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. ހައްޔަރު ކުރީ އޭނާގެ ބަލައި ފާސްކުރިތާ 23 ދުވަސް ފަހުންނެވެ.

ފުލުހުން ބުނެފައި ވަނީ ނާޒިމްގެ ގެއަށް މިދިއަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މެންދަމު ވަދެ އެގެއިން ވަނީ ފިސްތޯލައަކާއި ހަނގުރަމަވެރި އެހެނިގެން ސާމާނު ގެންގޮސްފައިވާ ކަމަށެވެ.

ނާޒިމްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މައްސަލަ ނިންމާ ޕީޖީއަށް ފޮނުވާފައި ވަނިކޮށް ހައްޔަރުކޮށްފައވާތީ އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށާއި ތަހުގީގު ނިމިފައިވާނަމަ ހެއްކާ ގަރީނާ ހަމަ ކުރަންވާނެ ކަމަށާއި ތުހުމަތު ކުރާ ތަކެއްޗާ ނާޒިމާއި އާއިލާއަށް އެނގުމާކަ ނުލައި އެ ޕާޓްމަޓަށް ވަދެފައިވާ ތަކެތި ނޫން ކަމަށެވެ. އަދިވިދާޅުވީ ނާޒިމް ގެންދެވީ އެއްވެސް ސުވާލެއް ކުރުމުގެ ފުރުސަތު ނުދީ ކަމަށާއި މިހާރު ތަހުގީގު ނިމިފައިވާތީ ފުލުހުން ވެސް ނާޒިމާ ސުވާލު ނުކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ނާޒިމް މިއަދު ކޯޓަށް ހާޒިރު ކޮށް ބަންދުގެ މުއްދަތު ޖެހި އިރު މިއަދު 2:00 ޖެހީއްސުރެ ނާޒިމް ކްރިމިނަލް ކޯޓްގައި ހުންނެވި އިރު ކޯޓް ހިމެނޭ ސަރަހައްދަށް ގިނަ އަދެއްގެ މީހުން ޖަމާވި އެވެ. އަދި ފުލުހުން ވެސް އެ ސަރަހައްދުގައި ފޯރި މަރަމުން ގެންދިޔައެވެ.

މިދިއަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވާން ދަނިކޮށް ކުއްލި ގޮތަކަށް ނާޒިމްގެ ދިރިއުޅުއްވާ ގެއަށް ފުލުުހުން ވަދެ ރޭޑެއްޖަހައި އެގެއިން 9 އެމްއެމްގެ ފިސްތޯލައަކާއި އޭގެ މެގަޒިނަކާއި ތިން ވަޒަނުގެ އިތުރުން އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް އެއް ގެންދިޔައެވެ.