ރާއްޖެ ކުޅިވަރު

ވެޓަރަންސް މުބާރާތުގައި ހަތް ޓީމު

މާދަމާ ފަށާ ބަރަކާތްތެރި ރަމަޟާން މަހުގެ ހަވީރު ކުޅޭ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި ހަތް ޓީމު ބައިވެރިވެެއްޖެ އެވެ.

މުބާރާތުގައި ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ އާއި ނިއުރޭޑިއަންޓް އަދި ވިކްޓަރީ އާއި ޓީސީ އާއި މާޒިޔާގެ އިތުރުން ބީޖީ އާއި ސިފައިންނެވެ.

މި މުބާރާތަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. 35 އަހަރުން މަތީގެ ކުރީގެ ކުޅުންތެރިން ވާދަކުރާ މުބާރާތް މިހާތަނަށް ކާމިޔާބުކޮށްފައިވަނީ ތިން ޓީމަކުންނެވެ. އެއީ ވެލެންސިއާ އާއި ނިއުރޭޑިއަންޓް އަދި ސޮކާ ވެޓަރަންސް އެސޯސިއޭޝަނުންނެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. އެ ޓީމު ވަނީ ހަތަރު ފަހަރު ތަށި ހޯދައިފަ އެވެ.

މި އަހަރުގެ މުބާރާތުގެ ގުރު ނެގުން ރޭ އެފްއޭއެމުގައި ވަނީ ބާއްވާފަ އެވެ.