ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ހުޅުމާލޭ ކުޑަކުދިންގެ ހިޔާ އަށް އެހީވެއްޖެ

Jun 5, 2016

ރޯދަމަހާ ދިމާކޮށް ބީއެމްއެލް އިން އަހަރީ ހަރަކާތެއްގެ ގޮތު ހިންގާ "ރޯދަވެދުން" ޕްރޮގްރާމްގެ ދަށުން ބޭންކާއި އާއި މުވައްޒަފުންގެ ފަރާތުން ހުޅުމާލޭ ކުޑަކުދިންގެ ހިޔާ އަށް އެހީ ވެއްޖެ އެވެ.

ބޭންކުން ބުނީ ކޮންމެ އަހަރަކުވެސް ބޭންކުގެ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން މިފަދަ މުހިންމު ހަރަކާތަކަށް ފަންޑު ހޯދާއިރު ބޭންކުގެ ފަރާތުންވެސް އެހީއެއް ފޯރުކޮށްދޭ ކަމަށެވެ.

އެގޮތުން މި އަހަރު ބޭންކުގެ މުވައްޒަފުން ކުޑަކުދިންގެ ހިޔާގައި ތިބި 82 ކުދިންނަށް ހަދިޔާ ދީފައިވާ ކަމަށާއި އެތަނުގައި 700 އަށްވުރެ ގިނަ ފޮތާއެކު ލައިބްރަރީ އެއް ގާއިމްކޮށްދީފައިވާ ކަމަށެވެ.

"ރޯދަވެދުން" ހަދިޔާކޮށްފައިވަނީ އިއްޔެ ކުޑަކުދިންގެ ހިޔާގައި ބޭއްވި ހަރަކާތެއްގައެވެ. ބޭންކުގެ މުވައްޒަފުންވަނީ އެކުދިންނާއެކު ވަގުތު ހޭދަކޮށް ތަފާތު ކުޅިވަރު ހަރާކާތްތައް ބާއްވާފައެވެ.

"މި ރޯދަ މަހާ ދިމާކޮށް ހުޅުމާލޭ ކުޑަކުދިންގެ ހިޔާ އަށް އެހީތެރިކަން ފޯރުކޮށްދެވުނީތީ އަޅުގަނޑުމެން އުފާކުރަން. ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދެން. މި ހަރަކާތް ކުރިއަށް ގެންދިޔުމަށް މުވައްޒަފުން ދިން އިސްކަމަށާއި އަދި ފައިސާގެ ގޮތުން ވެދިން އެހީތެރިކަމަށް މުވައްޒަފުންނަށް ޝުކުރު އަދާކުރަން." ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.