އެމްޓީސީސީ

އެމްޓީސީސީން ސުޒުކީ ފޯރި ޕްރޮމޯޝަން ފަށައިފި

Jun 5, 2016

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން "ސުޒުކީ ފޯރި" ޕްރޮމޯޝަން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 15 އަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ސުޒުކީ އިންޖީނު ތަކަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަންގައި އިންޖީނު ގަންނަ ފަރާތްތަކަށް ލަކީޑްރޯއެއް ކުރިއަށް ގެންދާނެކަމަށާ އިނާމަކަށް 15 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑު އިންޖީނެއް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ މަގުސަދަކީ ރޯދަ މަހާ ދިމާކޮށް އައުޓް ބޯޑު އިންޖީނު ގަންނަ ފަރާތްތަކަށް ލުއި އަގެއްގައި އިންޖީނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ޕްރޮމޯޝަންގެ ދަށުން 2.5 ހޯސްޕަވަރުގެ އިންޖީނުން ފެށިގެން 300 ހޯސްޕަވަރުގެ ޕަވަރާ ދެމެދުގެ ސުޒުކީ އިންޖީނަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ޓާގެޓް ކޮށްފައިވަނީ ވަގުތުން ފައިސާ ދެއްކުމަށްފަހު އިންޖީނު ގަންނަ ފަރާތްތަކަށެވެ.

އެމްޓީސީސީ އިން ސުޒުކީ އައުޓް ބޯޑް އިންޖީނު ރާއްޖެއަށް ތައާރަފުކުރީ 2007 ވަނަ އަހަރެވެ. އޭގެ ފަހުން މި އިންޖީނު ފާހަގަ ކުރެވިފައިވަނީ ދިވެހިންގެ އެންމެ އިތުބާރު ލިބިފައިވާ އައުޓް ބޯޑް އެއް އިންޖީނަށެވެ.