ޒަކާތް

އަންގާރަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ

Jun 5, 2016

މި އަހަރުގެ ފިތުރު ޒަކާތް އަންނަ އަންގާރަ ދުވަހުން ފެށިގެން ޖުލައި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ބަލައި ގަންނަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ފިތުރު ޒަކާތް ބަލައި ގަންނާނީ އިސްލާމިކް މިނިސްޓްރީންނާއި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވިލިމާލެ އާއި އައްޑޫސިޓީ ކައުންސިލާއި، ރަށްރަށުގެ ރަށުކައުންސިލްގެ އިދާރާތަކުންނެވެ.

ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަށް ބައްލައިގެނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ. މާލޭސިޓީގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 12ރ. އެވެ. ތައިލެންޑު ހަނޑުލުންނަމަ މީހަކަށް 65ރ. އެވެ. ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 77ރ. އެވެ.