ހަބަރު

ނާޒިމް ހައްޔަރުކުރީ ވެރިންނަށް އަނިޔާދީ ސަރުކާރު ބަދަލު ކުރަން ރޭވުމުން: ޕޮލިސް

Feb 10, 2015

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ އަތުން ފެނުނު ޕެންޑްރައިވުން ސަރުކާރުގެ އިސްވެރިންތަކަށް ޖިސްމާނީ އަނިޔާ ދިނުމަށް ރާވާފައިވާ މައުލޫމާތު ހިމެނޭ އިރު އެކިފަރާތްތަކާއި ގުޅިގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަން ރާވަމުންދާކަމުގެ މައުލޫމާތު ހިމެނޭކަން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެކި ފަރާތްތަކާ ގުޅިގެން ވެރިކަން ބަދަލު ކުރަން ނާޒިމް ރާވާފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ ނާޒިމް ހައްޔަރު ކުރި އިރު ދިވެހި ދައުލަތުގެ އިސް ވެރިންތަކަކަށް ޖިސްމާނީ އަނިޔާ ދިނުމަށް ރާވާފައިވާކަން ދޭހަވާފަދަ ލިޔުމެއް ފެނިފައިވަނީ ނާޒިމްގެ ގެއިން ފެނުނު ޕެންޑްރައިވުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ނާޒިމް ހައްޔަރު ކުރީ ރޭގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގެ ބަންދުގައި ބަހައްޓައިގައި ތަހުގީގު ކުރިޔަށް ގެންދަން އޭނަގެ ބަންދަށް 15 ދުވަސް ވަނީ ދީފަ އެވެ. އެކަންކަންކަން ފުލުހުން މިގެންދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.

މި މައްސަލަ ބަލަން ފަށާފައިވާއިރު ނާޒިމްގެ އެޕާޓްމަންޓުން ހަތިޔާރާއި ގޮވާތަކެތި ފެނިފައިވާތީ، އެމައްސަލައިގައި ދަޢުވާކުރުމަށްޓަކައި މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ވަނީ ފޮނުވާފައެވެ.