މޯލްޑިވިއަން

މޯލްޑިވިއަންގެ ހަތްވަނަ ސީޕްލޭން ރާއްޖެ ގެނެސްފި

Jun 6, 2016
1

މޯލްޑިވިއަން އިން އެ ކުންފުނީގެ ހަތް ވަނަ ސީޕްލޭން ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަންގެ ސީޕްލޭން ހިދުމަތް ފުޅާކުރަން ފެށި މަސައްކަތުގެ ދަށުން ގެނައި ހަތް ވަނަ ސީޕްލޭންނާއެކު އެ ކުންފުނީގެ ހިދުމަތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފަ އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ރޭ ވިދާޅުވި ގޮތުގައި މި އަހަރު އެ ކުންފުނީގެ ސީޕްލޭން 10 އަކަށް އިތުރު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

"ހިދުމަތް ދުވަހުން ދުވަހަށް މިދަނީ ރަނގަޅު ކުރަމުން، ސީޕްލޭންގެ އަދަދު ވެސް އިތުރު ކުރަމުން،" ނަޝާތު ވިދާޅުވި އެވެ.

މޯލްޑިވިއަން ސީޕްލޭންގައި 100 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، އެ ކުންފުނިން ރާއްޖޭގެ ހަ ރިސޯޓަކަށް ޓޫރިސްޓުން އުފުލަމުންދެ އެވެ.