ކާނާ

ޕެޝަން ފްރުޓް ޖެލީ: މީރު ރަހައެއް!

Jun 6, 2016

ޕެޝަން ފުރްޓް މޫސް އަކީ ވަރަށް މީރު އެއްޗެކެވެ. ރޯދަ މަހުގެ އިރުއޮއްސޭ ގަޑިއަށް ވަރަށް ކަމުދާނެ އެވެ. ރޯދަ މަހު ކޮންމެ ވެސް ދުވަހެއްގައި އިރު އޮއްސޭ ގަޑިއަށް ނޫނީ ތަރާވީސް ދަމަށް ތައްޔާރުކޮށްލައި ރަހަ ޓެސްޓްކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟ މިއީ ތައްޔާރުކޮށްލަން މައި ބައިވަރެއް ބޭނުންވާނެ އަދި އުނދަގޫވާނެ އެއްޗެއްވެސް ނޫނެވެ.

މިތަކެތި ހޯދާލަމާ

10 ނޫނީ 15 ގްރާމް ޖެލަޓިން
300 ގްރާމް ވިޕްޑް ކްރީމް
2 ކުކުޅު ބިސް
60 ގްރާމް ހަކުރު
300 ގްރާމް ފެޝަންފްރުޓް ޕަލްޕް

ތައްޔާރު ކުރަން ރެޑީތަ؟

ހޫނު ފެންފޮދެއްގައި ޖެލަޓިންކޮޅު އެއްކޮށްލުމަށްފަހު އިރުކޮޅަކަށް ބަހައްޓާށެވެ. އޭގެ ފަހުން ފެޝަންފްރުޓްގެ ޖޫސް ފެލާލުމަށްފަހު ހަކުރާއި ބިސްކޮޅު ރަނގަޅަށް ފޮނު އަރަންދެން މިކްސް ކޮށްލާށެވެ. ޖެލަޓިން ކޮޅާއި ވިޕްޑް ކްރީމްކޮޅާއި ފެޝަންފްރުޓް ކޮޅު ސަމްސަލަކުން މިކްސް ކޮއްލާފައި ޓްރޭ އަކަށް އަޅާލުމަށްފަހު ފްރިޖަށް ލާށެވެ. އެހުރީ ރެޑީވެފައެވެ. އަނގަޔަށް މީރުވެފައި ލުއި ގޮތެއް ހުންނާނެ އެވެ. އިސްރާފަކަށް ވެސް ނުވާނެ އެވެ.

ތައްޔާރު ކުރުމުގައި އެކި ޑިޒައިންތަކަށް ވެސް ހެދިދާނެ އެވެ. އަދި ޑެކަރޭޓް ވެސް ކުރެވިދާނެ އެވެ. އޭރަށް މާ ބޮޑަށް ކަމުވެސްދާނެ އެވެ.