- ކަރާ ކިލޯއެއް 35ރ. އަށް
- އާދައިގެ މަހެއް 190ރ. އަށް
- ދޮންކެޔޮ ވަކެއް ހަ ރުފިޔާއަށް
ރޯދައިގެ ފުރަތަމަ ދުވަސް ދެބައިވެފައިވާއިރު، ބާޒާރު މަތިން ފެންނަނީ ހަލަބޮލި ކަމެވެ. މެނދުރު ނަމާދުން ފައިބައިގެން ގިނަ ބައެއްގެ މިޝްރާބު ހުރީ މާރުކޭޓަށެވެ. ނަތީޖާއެއްގެ ގޮތުން އެތަން އޮތީ ފުރިފަ އެވެ. ނަމަވެސް މާރުކޭޓުގެ ގޮޅިތަކުން ފެންނަނީ ފަޅުކަމެވެ.
ދަނޑުވެރިކަމުގެ ސާމާނު ގެންނަ މާރުކޭޓުގެ އަގުތަކަށް ބަލާއިރު އާއްމުކޮށް ފެންނަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ފެންނަ މަންޒަރެވެ. އަގުތައް ހުރީ މަތީގަ އެވެ. ތިރީގައި އެވަނީ މުހިންމު ބައެއް ބާވަތްތަކުގެ މިއަދުގެ އަގުތަކެވެ.
- ކަރާ ކިލޯއެއް 35ރ. އަށް
- ކިއުކަންބާ ކިލޯއެއް 55ރ. އަށް
- ދޮންކެޔޮ ވަކެއް 4-6ރ. އާ ދެމެދުގައި
- ފަޅޯ ކިލޯއެއް 18ރ. އަށް
- ކައްޓަލަ ކިލޯއެއް 40ރ. އަށް
- ދަނޑިއަލުވި ކިލޯއެއް 35ރ. އަށް
- ގިތެޔޮ މިރުސް، 100ގ. 40ރ. އަށް
- ބަނބުކޭލެއް 20ރ. އަށް
- ކުރުނބާ 20-30ރ. އާ ދެމެދުގައި
- ކޮޕީ ފަތް ބޮނޑިއެއް 15ރ. އަށް
- ކުއްޅަ ފިލާފަތް ބޮނޑިއެއް 15ރ. އަށް، ދެ ބޮނޑި
މަހުގެ އަގުތައް: މަތީގައި
- އާދައިގެ ކަޅުބިލަ މަހެއް 100-120ރ. އަށް
- ރަތް މަހެއް 300ރ. އަށް
- ހަނދި މަހެއް 80ރ. އަށް
- ގިއުޅެއް 40-70ރ. އަށް