މަސްތުވާތަކެތި

އައްޑޫގައި މަސްތުވާތަކެތި ވިއްކާ މީހަކު ހައްޔަރުކޮށްފި

Jun 6, 2016

އައްޑު އަތޮޅުގައި މަސްތުވާތެކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުވި މީހަކު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 29 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުގެ ދެ ވަނަ ދުވަހު އެވެ. އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަަށުން ބަލައި ފާސްކުރިއިރު އަލަމާރި ތެރެއިން ނެގި ދަބަހެއްގައި އޮތް ދަޅަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 48 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިއީ މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ ގިނަ ކުށުގެ ރެކޯޑްސް އޮންނަ މީހެކެވެ.