ބައެއް މީހުން ކިޔައިދޭ ގޮތުން މީރު މީރު، ރޯސް ޕާން ހަދާލުމަކީ ދެން ވަރަށް ބޮޑު ކަމެކެެވެ. އެއީ ދޮގެކެވެ. އަސްލު އެއީ ވަރަށް ފަސޭހަ ކަމެކެވެ. މީހެއްގެ އެހީއާ ނުލައި އަމިއްލަ އަށް ވެސް ތައްޔާރު ކޮށްލެވި ދާނެ މީރު ކެއުމެކެވެ. ރޯސް ޕާން ކާ ހިތްވަންޏާ ހަމަ އަމިއްލައަށް ތައްޔާރު ކޮށްލަންވީ އެވެ. ފޮރުވައިގެން އުޅޭ ރެސިޕީ މިއޮތީ އެވެ.
ބައިވަރު ތަކެތި ބޭނުމެއް ނުވާނެ
1 ދަޅުގެރިކިރު
7 ބިސް
1 ބޮޑުޕާން
1 ސައިސަމުސާ ވެނީލާ އެސެންސް
1 ސައި ސަމުސަލުގެ ބަޓަރު
މީހުންތަކެއް ނެތަސް ވާނެ
އަސްރު ނަމާދު ކޮށްލައިގެން ބަދިގެއާ ކައިރި ވެލާށެވެ. ފުރަތަމަ ކަމަކަށް ބިހާއި ކިރު އެސެންސާ އެއްކޮށް ރަނގަޅަށް އެކުވަންދެން ގިރާލާށެވެ. ދެން ޕާން ފޮތިތައް ދެބައި ކޮށްފައި ގިރާފައި ހުރި ބިހުގެތެރެއަށް ލާފައި ބަހައްޓާށެވެ. އެހެން ބަހައްޓާނީ ބަރިއަކަށް ވާ ގޮތަކަށެވެ. އަސްލު މިހާރު އެހުރީ މަސައްކަތް ނިމިފަ އެވެ. ދެން ކޮށްލަން ޖެހެނީ ވަރަށް އާދައިގެ ކަމެކެވެ. ތަވާ އުދާލާފައި ތަވާ ހޫނު ވީމާ ބަޓަރުކޮޅެއް ލާފައި ފޮކޯށްފައިހުރި ޕާން ފޮތިތައް ތަވާ މަތީގައި އަތުރާލާފައި ރޮށި ފިހާ ގޮތަށް ދެފުށް ދެފުށަށް ޖަހަމުން ގެންދާނީ އެވެ. އެހުރީ ފޮރުވައިގެން އުޅޭ މީރު ރޯސް ޕާން ތައްޔާރުވެފައެވެ. އަޅެ މިއަދު ޓެސްޓް ކޮށްލައި ބަލާށެވެ.