ބޮލީވުޑް

ސޮނާކްޝީ އާއި އަރްޖުން އެކަކު އަނެކަކާ އަނގައިންނެއް ނުބުނޭ!

Jun 8, 2016

އެކުގައި ފުރަތަމަ ފަހަރަށް ފިލްމެއް ކުޅުމުގެ ކުރިން ވެސް އަރްޖުން ކަޕޫރާއި ސޮނާކްޝީ ސިންހާ އަކީ އެކުވެރިންނެވެ.

މިދިޔަ އަހަރު ނިކުތް "ތަލްވާރް" އިން މިދެތަރިން އެކުގައި ފެނިގޮސްފައިވާއިރު، މިފިލްމަށް ބޮކްސް އޮފީހުގައި ކާމިޔާބީއެއް ނުލިބުނު ނަމަވެސް މިދެތަރިން ލޯބީގެ ގޮތުން ގުޅުނު ކަމަށް ބުނާ ވާހަކައަކީ އެންމެ ގަދަޔަށް ދެކެވިގެން ގޮސްފައިވާ ވާހަކަ އެވެ.

އެފިލްމު ޝޫޓިންގެ ތެރެއިން ގާތްގުޅުމެއް އުފެދި، މިދެތަރިން ލޯބީގެ ގޮތުން ގުޅުނު ކަމަށް ބުނާއިރު، ފިލްމުގެ ޝޫޓިން ނިމުނު ފަހުން މިދެތަރިން ރުޅިވެފައިވާއިރު އޭގެފަހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ކަމަށްވެ އެވެ.

ސޮނާކްޝީ އާއި އަރްޖުންއާ ދެމެދު ޖެހުނު މައްސަލައަކީ ކޮބައިކަން ޔަގީންނުވި ނަމަވެސް "ތޭވަރް" ނިކުތް ފަހުން މިދެތަރިން އެކަކު އަނެކަކާ ވާހަދެއްކުން ވަނީ ހުއްޓާލާފަ އެވެ. އެކަކު އަނެކަކާ އަނގައިން ނުބުނާތާ އަހަރަކަށް ވުރެން ގިނަދުވަސް މިހާރު ވެގެން ގޮސްފައިވާއިރު، މިިދިޔަ ހަފްތާ ބަންދުގައި ބޮލީވުޑްގެ ތަރިންނާއި ކްރިކެޓް ކުޅުންތެރިންގެ ދެމެދުގައި ބޭއްވި ޗެރިޓީ ފުޓްބޯޅަ މެޗެއްގައި ބޮލީވުޑްގެ ތަރިންނަށް ސަޕޯޓްކުރުމަށް ސޮނާކްޝީ ވެސް ވަނީ ގޮސްފަ އެވެ.

މިފުޓްބޯޅަ މެޗްގެ ތެރެއިން ސޮނާކްޝީ ބޮލީވުޑްގެ ގިނަތަރިންތަކަކާ ވާހަދައްކާ ހީ ސާމާސާކޮށްފައިވާއިރު، އަރްޖުންއާ އަނގައިންވެސް ބުނެފައެއް ނުވެ އެވެ. އެގޮތުން މިދެތަރިން އެކަކު އަނެކަކާ ވާހަކަނުދައްކާކަން އެވަގުތު ފުޓްބޯޅަ މެޗް ބަލަން ގޮސް ތިބި ހުރިހާ ތަރިންނަށް ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

މެޗު ހާފް ޓައިމަށް ހުއްޓާލުމުން ސޮނާކްޝީ ގެއަށް ދިއުމުގެ ކުރިން ހުރިހާ ތަރިންނާ ސަލާންކުރި ނަމަވެސް އަރްޖުންއާ ސަލާންކޮށްފައެއް ނުވެ އެވެ. ހަމައެކަނި އޭނާއާ ދިމާލަށް ބަލައިލިކަން އެކަނި ކަމަށް ނޫސްތަކުގައިވެ އެވެ.

މިދެތަރިންގެ ދެމެދުގައި އޮތް ގުޅުން ނިމުނު ސަބަބެއް މިހާތަނަށް ވެސް ހާމަކޮށްފައެއްނުވެ އެވެ.

ބޮލީވުޑަށް ތައާރަފުވުމުގެ ކުރިން އަރްޖުން ވަނީ ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ. އެއަސްފަހު ސޮނާކްޝީ އާ ވެސް ދުވަސްކޮޅަކު ރައްޓެހިވެގެން އުޅެފައިވާއިރު، މިފަހުން ވަނީ މަލައިކާ އަރޯރާ ޚާން އާއި އާތިޔާ ޝެޓީއާ ލޯބީގެ ގޮތުން ގުޅުނު ކަމުގެ އަޑުތަކެއްވެސް އަރާފަ އެވެ.